އައްޑޫގެ މުދިމުން ލައްވައި ސޮއި ކުރުވާފައިވާ އެންގުން ބާޠިލުކުރުމަށް އައްޑޫގެ ދީނީ ޖަމިއްޔާއެއްކަމުގައިވާ ނޫރުލްއިސްލާމް އިން ގޮވާލައިފިއެވެ.
ނޫރުލްއިސްލާމްގެ ނާއިބުރައީސް މުޙައްމަދު ނިހާދު ޖަމާލް ސޮއިކުރައްވާ އައްޑޫ ސިޓީގެ މޭޔަރު އަލްފާޟިލް ޢަބްދުﷲ ޞާދިޤަށް މިމަހު 20 ގައޮ ފޮނުވާފައިވާ ސިޓީގައިވަނީ "މުދިމުން ލައްވައި ސޮއި ކުރުވާފައިވާ އެންގުން ބާޠިލު ކުރެއްވުމަށާއި، އެ އެންގެވުމާއި ގުޅިގެން މުދިމުން ލައްވާ ސޮއި ކުރުވާފައިވާ ލިޔުން ބާޠިލުކަން މުދިމުންނަށް އަންގަވައި ދެއްވުމަށް މަނިކުފާނުގެ އަރިހުން އަދަބުވެރިކަމާއެކު ދަންނަވާ"ކަމަށެވެ. އަދި "
ދިއިސްލާމްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިމަހުގެ 17 ވީ ބުދަ ދުވަހު، އައްޑޫ ކައުންސިލްގެ މެންބަރު ޙުސައިން ޙިލްމީ ސޮއިކުރައްވައި، ހިތަދޫގެ މުދިމުންނަށް އަންގާފައިވަނީ "މިސްކިތްތަކުގެ އަޑުގަދަކުރާއިން، ބަންގި، ހުކުރު ޚުޠުބާ އަދި ދަރުސް ފިޔަވައި އެހެން އަޑު ފޮނުވުން މަނާކަމެއް"ކަމަށެވެ.
މީޑިއާގައި މިކަން މައްސަލައަކަށް ވުމުގެ ކުރިން، މިކަން ޙައްލުކުރެއްވުމުގެ ގޮތުން މިއެންގެވުން ބާޠިލު ކުރެއްވުމަށް އެދިފައިކަމަށް ނޫރުލްއިސްލާމް އިން ހާމަކުރެއެވެ. އަދި އެކަން ބަދަލު ކުރައްވާނެ ކަމަށް ކައުންސިލުން ބުނިނަމަވެސް މިހާތަނަށް އެދެވޭ ފިޔަވަޅެއް އަޅާފައިނުވާކަން އެޖަމްޢިއްޔާގެ ފަރާތުން ހިތާމައާއެކު ފާހަގަ ކުރާކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...