ރާއްޖޭގެ ޚަބަރު އަސްކަރިއްޔާއިން މިޞްރުގެ މުފްތީ ގޭގައި ބަންދުކޮށްފި

އަސްކަރިއްޔާއިން މިޞްރުގެ މުފްތީ ގޭގައި ބަންދުކޮށްފި

އަސްކަރިއްޔާއިން މިޞްރުގެ މުފްތީ ގޭގައި ބަންދުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިޞްރުގެ ވެރިކަމުގެ ބާރުތައް ގަދަކަމުން ހޯދައިގެން އުޅޭ އަސްކަރިއްޔާއިން އެޤައުމުގެ މުފްތީ ދުކްތޫރު ޝަވްޤީ ޢަބްދުލްކަރީމް  ގޭގައި ބަންދުކޮށްފައިވާ ކަމަށް ބުނާ ޚަބަރުތަކެއް ފެތުރިއްޖެވެ. ބައެއް ޚަބަރު ފަތުރާ އޮންލައިން ސައިޓުތަކުން މުފްތީގެ އަނބިކަނބަލުންނާއި ޙަވާލާދީ ހާމަކުރާގޮތުގައި މުފްތީ ޝަވްޤީ ވަނީ މިޞްރުގެ އިންތިޚާބީ ރައީސް މުޙައްމަދު މުރުސީވެރިކަމުން ދުރުކުރި ދުވަހުށް ފެށިގެން ގޭގައި ބަންދުކޮށްފައެވެ.

މިކަމުގެ ސަބަބަކީ  އަސްކަރިއްޔާއިން ހިންގި ބަޣާވާތާއި  މުފްތީ ދެކޮޅުހެދުކަމަށް އެ ސައިޓުތަކުގައި ހާމަކޮށްފައި ވެއެވެ.އަދި އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މުފްތީ ވަނީ އަސްކާރިއްޔާއިން ހިންގި ޢަމަލަކީ ޝަރުޢީ ގޮތުން ޙަރާމަކަމެއްކަމަށް ބަޔާންކޮށް އަދި އެޢަމަލު ހިންގި މީހުންނާއި ދެކޮޅަށް ހަނގުރާމަކުރުން ލާޒިމްވާނެކަމަށް ފަތުވާއެއް ނެރުއްވާފައެވެ.

އަނެއްކޮޅުން އެހެން އަހަރުތަކާއި ޚިލާފަތް މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމުގެ ބަޔާން މުފްތީ އިއްވެވީ ބަންދު ތަނެއްގައި ހުންނަވައިގެނެވެ.

އަދި އިއްޔެގެ ހުކުރުނަމާދު އަސްކަރިއްޔާގެ ވެރިޔާ އައްސީސީ ކުރީ މިޞްރުގެ ކުރީގެ  ޞޫފީ މުފްތީކަމަށްވާ ޢަލީ ޖުމުޢަގެ ފަހަތުގައެވެ.އަދި މިހާރުގެ މުފްތީ ގޭގައި ބަންދުނުކުރާކަމަށް އަސްކަރިއްޔާގެ މަދަދުލިބޭ ނޫސްތަކުން ދަނީ ބުނަމުންނެވެ.

މަޞްދަރު: އިސްލާމް މެމޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.