ރާއްޖޭގެ ޚަބަރު ގައުމީ ޕާޓީވެސް ޖުމްހޫރީ ޕާޓީގެ ކޯލިޝަނަށް

ގައުމީ ޕާޓީވެސް ޖުމްހޫރީ ޕާޓީގެ ކޯލިޝަނަށް

ގައުމީ ޕާޓީވެސް ޖުމްހޫރީ ޕާޓީގެ ކޯލިޝަނަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ގައުމީ ޕާޓީވެސް ޖުމްހޫރީ ޕާޓީގެ ކޯލިޝަނަށް ދިއުމަށް ނިންމައިފިއެވެ.

"ގައުމައިގެން ކުރިއަށް" ކޯލިޝަނުން ވަކިވެ ޖުމްހޫރީ ޕާޓީއާ ގުޅެން ގައުމީ ޕާޓީ އިން ނިންމާފައިވަނީ މިއަދު އެޕާޓީގެ ކައުންސިލުންނެވެ.

ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓް ޤާސިމް އިބްރާހިމްގެ ރަނިންގމޭޓްއަކަށް ގައުމީ ޕާޓީ ގެ ޑރ ހަސަން ސައީދު ހަމަޖައްސަން އުޅޭކަމުގެ އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައި ގައުމީ ޕާޓީ އިން ޑރ ވަހީދުގެ 'ފުޅާ ކޯލިޝަނުން' ވަކިވިކަން ވަނީ ކަށަވަރުކޮށްދީފައެވެ.  މުއުތަބަރުގޮތެއްގައި އެނގިފައިވާ ގޮތުގައި ޑރ ވަހީދުގެ ކޯލިޝަނުން ގައުމީ ޕާޓީ ވަކިވެފައިވާއިރު ޑރ ހަސަން ސަޢީދު ޤާސިމްގެ ރަނިންގމޭޓްއަކަށް ގަބޫލުކުރުމަށްވެސް ކައުންސިލުންވެސް ވަނީ ނިންމާފައެވެ.

ޑރ ހަސަން ސަޢީދު އަކީ އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރި ރިޔާސީ ކެނޑިޑޭޓްއެކެވެ. އަދި މިހާރުގެ ސަރުކާރުގެ ރައީސްގެ ޕޮލިޓިކަލް އެޑްވައިޒަރެވެ.

 

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.