ރާއްޖޭގެ ޚަބަރު މެންބަރުންގެ ރޫޙާއި ޚިލާފަށް ޢަދާލަތުޕާޓީއިން ޢަމަލެއް ނުކުރާނެކަމަށް ބުނެ ޕީޕީއެމަށް ރައްދު ދީފި

މެންބަރުންގެ ރޫޙާއި ޚިލާފަށް ޢަދާލަތުޕާޓީއިން ޢަމަލެއް ނުކުރާނެކަމަށް ބުނެ ޕީޕީއެމަށް ރައްދު ދީފި

މެންބަރުންގެ ރޫޙާއި ޚިލާފަށް ޢަދާލަތުޕާޓީއިން ޢަމަލެއް ނުކުރާނެކަމަށް ބުނެ ޕީޕީއެމަށް ރައްދު ދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މެންބަރުންގެ ރޫޙާއި ޚިލާފަށް ޢަދާލަތުޕާޓީއިން ޢަމަލެއް ނުކުރާނެކަމަށް ބުނެ ޕީޕީއެމަށް ޢަދާލަތުން ރައްދު ދީފިއެވެ.

ޕީޕީއެމްއިން ޢަދާލަތާއި ބެހޭ ގޮތުން ހަގީގަތާއި ޚިލާފަށް ދެއްކި ވާހަކައަށް ރައްދު ދިނުމަށް ޢަދާލަތު ޕާޓީގެ ތަރުޖަމާނު ޑރ މުހައްމަދު ޝަހީމް ނެރުނު ނޫސްބަޔާނުގައި ވަނީ "ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ނައިބު ރައީސް ޢަބްދުއްރަޙީމް ޢަދާލަތުޕާޓީ ބަދުނާމުކުރުމަށްޓަކައި މިއަދު ހާމަކުރި ވާހަކަތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ"ކަމަށާއި "އެއީ އެއްގޮތަކަށް ވެސް ޤަބޫލްކުރެވޭނެ ވާހަކަތަކެއްނޫން. އެއީ ކަނޑައެޅިގެން ދޮގުވާހަކަތަކެއް"ކަމަށެވެ. "ޢަދާލަތުޕާޓީއަށް އަބްދުއްރަހީމް ކިތައްމެ ބޮޑު ޢަދަދެއް ހުށައެޅިޔަސް މެންބަރުންގެ ރޫޙާއި ޚިލާފަށް ޢަދާލަތުޕާޓީއިން ޢަމަލެއް ނުކުރާނެ."ކަމަށްވެސް ޑރ ޝަހީމްގެ ބަޔާނުގައިވެއެވެ.

"ޕީޕީއެމްގެ ވާހަކަތަކުގެ ސަބަބުން ދެޕާޓީގެ ދެމެދުގައި އުފެދިފައިވާ އެކުވެރި ސިޔާސީ ގުޅުމަށް ބުރޫނާރައި ނުދާނެ."ކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ.

ޑރ ޝަހީމްގެ ބަޔާނުގައި އިތުރަށް ވާގޮތުގައި ޢަދާލަތުޕާޓީން ތާއިދުކުރާނެ ފަރާތެއް ކަނޑައެޅުމަށް ބޭއްވި މަޝްވަރާ މަޖްލީހަށް ހާޒިރުވި 34 މެންބަރުންގެ ތެރެއިން 27 މެންބަރުން ވޯޓްދެއްވީ ޖުމްހޫރީޕާޓީ އަށް ތާއިދުކުރުމަށްކަމަށެވެ. ޢަދާލަތުޕާޓީގެ މެންބަރުންނާއި ޝޫރާގެ ނިންމުމަށް ޕާޓީގެ ލީޑަރޝިޕުން ޢަމަލުކުރުމަކީ ދުސްތޫރީ ގޮތުން ލާޒިމުކަމެއްކަމަށެވެ. އަދި ބަޔަކު ކިތައްމެ ރުޅި އަޔަސް މިކަންކުރިއަށްދާނެ ގޮތަކީ މިއީކަމުގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.