މިރޭ ބާއްވާ ފޯރަމް އިންޝާﷲ ލައިވްކުރާނެކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ.
ރަމްޟާންމަހުގެ ރޭތައް އިހްޔާކުރުމުގެ ޕްރޮގުރާމުގެ ދަށުން މިރޭ ބާއްވަން ހަމަޖެހިފައިފައިވާ ފޯރަމްގައި ވާހަކަފުޅު ދައްކަވާނީ އައްޝައިޚް އާދަމް ޝަމީމް އިބްރާހިމް ކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކުރައްވައެވެ. އިސްލާމިކް މިނިސްޓްރީއިން ހާމަކުރިގޮތުގައި "މި ފޯރަމް ޓީވީއެމްއިންނާއި ދިވެހިރާއްޖޭގެ އަޑުން ލައިވު ކުރާ ގޮތަށް ހަމަޖެހިފައިވާ"ކަމަށެވެ.
“އުފާ ފާގަތި ގެއެއް” މިމައުޟޫއަށް މިރޭ 09:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ފޯރަމްގައި ތަޤުރީރަށްފަހު މަޢުލޫއާ ގުޅޭގޮތުން ސުވާލާއި ޖަވާބު ސެޝަނެއްވެސް އޮންނާނެކަމަށް އިސްލާމިކް މިނިސްޓުރީއިން ހާމަކުރެއެވެ.
އިސްލާމިކު މިނިސްޓުރީއިން އިތުރަށް ބުނެފައިވަނީ އިހްޔާ ފޯރަމު އަޑުއެއްސެވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ހަދިޔާއެއް ލިބިވަޑައިގަންނަވާނެ ކަމަށާއި، އަދި ގުރުއަތުން ހޮވޭ ހަ ބޭފުޅަކަށް ރިޔާޟު ޞާލިހީންގެ ދިވެހި ތަރުޖަމާ ލިބިވަޑައިގަންނަވާނެ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...