ރާއްޖޭގެ ޚަބަރު ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އިސްލާމީ ޝަރީއަތް ތަންފީޒު ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވެއްޖެ

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އިސްލާމީ ޝަރީއަތް ތަންފީޒު ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވެއްޖެ

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އިސްލާމީ ޝަރީއަތް ތަންފީޒު ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އިސްލާމީ ޝަރީއަތް ތަންފީޒު ކުރައްވާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެއްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ "ދިވެހިރާއްޖޭގެ އަޑާއެކު ގާސިމް އިބްރާހިމް" މިނަމުގައި ދިވެހިރާއްޖޭގެ އަޑުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގާސިމް އިތުރަށް ވިދާޅުވީ އެބޭފުޅާގެ ވެރިކަމެއްގައި ރާއްޖޭގައި އިސްލާމީ ޝަރީއަތް ގާއިމު ކުރައްވާނެ ކަމަށާއި އިސްލާމީ ޝަރީއަތުގައިވާ ގޮތަށް ހުކުމްތައް ތަންފީޒު ކުރަން ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކާއި ގަވާއިދުތައް ވެސް ހައްދަވާނެ ކަމަށެވެ.

މި ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ގާސިމްގެ ވެރިކަމެއްގައި ޓުއަރިޒަމް ސިޔާސަތާއި މަސްވެރިކަމުގެ ސިނާއަތާއި، އެހެނިހެން ބައެއް ސިނާއަތްތައް ކުރިއަށް ގެންދިއުމުގައި ގެންގުޅުއްވާނެ ސިޔާސަތުތަކާއި ގުޅޭ މައުލޫމާތުވެސް ހިއްސާ ކުރައްވާފައި ވާއިރު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މާތްﷲ ގެ ވާގިފުޅާއެކު ޖޭޕީ ކާމިޔާބު ކުރާނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.