ރާއްޖޭގެ ޚަބަރު މާދަމާއަކީ މިއަހަރުގެ ރަމްޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި އިޢުލާންކޮށްފި

މާދަމާއަކީ މިއަހަރުގެ ރަމްޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި އިޢުލާންކޮށްފި

މާދަމާއަކީ މިއަހަރުގެ ރަމްޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި އިޢުލާންކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މާދަމާއަކީ 1434 ވަނަ އަހަރުގެ ރަމްޟާން މަހުގެ ފުރަތަމަ ދުވަސްކަމުގައި މިނިސްޓުރީ އޮފް އިސްލާމިކް އެފެއާޒުން އިޢުލާންކޮށްފިއެވެ.

އިސްލާމިކް މިނިސްޓުރީއިން މިގޮތަށް ނިންމާފައިވާނީ، މިރޭ ބޭއްވި ފިޤުޙް އެކަޑަމީގެ ބައްދަލުވުމަށް ފަހުގައެވެ.

އިސްލާމިކް މިނިސްޓްރީއިން 1434 ވަނަ އަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމާ ގުޅޭ ގޮތުން ނެރުނު ބަޔާނުގައިވަނީ "1434 ވަނަ އަހަރުގެ ރަމަޟާންމަހުގެ ހަނދާބެހޭގޮތުން ގޮތެއް ނިންމެވުމަށް 08 ޖުލައި 2013 ވީ ހޯމަ ދުވަހުގެ ރޭ ބޭއްވި ކޮމިޓީގެ ބައްދަލުވުމުން ނިންމަވާފައިވަނީ ޝަޢުބާން މަހުން 29 ދުވަސް ހަމަވެ، އެމަހުގެ 30 ވިލޭރޭ ރާއްޖެއަށް ހަނދު ފެނިއްޖެކަން ޝަރީޢަތަށް ސާބިތުވެއްޖެނަމަ، އެދުވަހާ ޖެހިގެން އަންނަ ދުވަހަކީ މުލަރޯދަ ދުވަސް ކަމުގައި ހަމަޖެއްސުމަށެވެ. ރަމަޟާން މަހުގެ ހަނދު ފެނިއްޖެ ކަމަށް ޝަރީޢަތަށް ސާބިތުވިކަމަށް ބަލާނީ، ރާއްޖެއަށް ހަނދު ފެނުމުގެ ފުރުޞަތު އޮތްކަމަށް ފަލަކީ ހިސާބުން ދައްކާ ރެއަކަށް އެރޭ ވެފައި، ޝަރީޢަތަށް ހެކިބަސް ޤަބޫލުކުރެވޭ، ޢަދުލުވެރި، އިތުބާރު ހުރި މީހެއް، ނުވަތަ އެއަށްވުރެ ގިނަ މީހުންގެ ހެކިބަހުންނެވެ. މިހެކިބަސް ދޭންވާނީ މާލޭގައި ނަމަ ޝަރުޢީ ކޯޓެއްގެ ފަނޑިޔާރެއްގެ ކުރިފުޅުމަތީގައެވެ. ރާއްޖެތެރޭގައިނަމަ، އެރަށެއްގެ ފަނޑިޔާރެއްގެ ކުރިފުޅުމަތީގައެވެ. ފަނޑިޔާރަކު ނެތް ރަށެއްނަމަ އެވަގުތަކު ރަށު ކައުންސިލް އިދާރާ ހިންގަވަން ހުންނަވާ ބޭފުޅެއްގެ ކުރިފުޅުމަތީގައެވެ. ވީމާ، 1434 ވަނަ އަހަރުގެ ރަމަޟާންމަހުގެ ހަނދު، އައްޑޫ ސިޓީގެ ހިތަދޫ ބަޔަކަށް ފެނުނުކަމުގެ މަޢުލޫމާތު އެސިޓީގެ މެޖިސްޓްރޭޓް ކޯޓުން ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއަށް އަންގަވާފައިވާތީ، އަދި ރަމަޟާންމަހުގެ ހަނދު ދުށް ހެކިންގެ ހެކިބަހުން ސާބިތުވެފައިވާތީ، އެކަން ޤަބޫލުކޮށް، މީލާދީ ސަނަތުން 2013 ވަނަ އަހަރުގެ ޖުލައި މަހުން 09 ވާ އަންގާރަ ދުވަހަކީ މިއަހަރުގެ ރަމަޟާންމަހުގެ 1 ވަނަ ދުވަސްކަމުގައި އެކޮމެޓީން ކަނޑައެޅުއްވިއެވެ." މިފަދައިންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.