ރާއްޖޭގެ ޚަބަރު ރަމްޟާން މަހު އިމާމުވެ ތަރާވިސް ކުރަން ޢަދާލަތުން ގެނައި ހާފިޡުން މާލެ އަތުވެއްޖެ

ރަމްޟާން މަހު އިމާމުވެ ތަރާވިސް ކުރަން ޢަދާލަތުން ގެނައި ހާފިޡުން މާލެ އަތުވެއްޖެ

ރަމްޟާން މަހު އިމާމުވެ ތަރާވިސް ކުރަން ޢަދާލަތުން ގެނައި ހާފިޡުން މާލެ އަތުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިއަހަރު ރަމްޟާން މަހު އިމާމުވެ ތަރާވިސް ކުރުމަށާއި، ހިފުޘް ކުރުމަށް ޢާދާލަތު ޕާޓއިން ގެންނަ ހާފިޡުން މާލެ އަތުވެއްޖެކަމަށް އެޕާޓީއިން ބުނެފިއެވެ.

ހާފިޒުން ގެނައުމުގެ ކަންތަކުގައި އިސްކޮށް އުޅުއްވާ އެޕާޓީގެ އޮފިޝަލެއް ވިދާޅުވީ މިއަހަރު ގެންނަނީ 38 ހާފިޒުން ކަމަށާއި އެއެންމެންވެސް މާލެ އައިސްފައިވާކަމަށެވެ. "އިންޑިއާއިން ވަޑައިގަންނަނީ 34 ބޭފުޅުން އަނެއް 4 ބޭފުޅުންނަކީ ލަންކާއިން ގެންނަ ބޭފުޅުން" އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންޑިއާއި ވަޑައިގަންނަވާ ބޭފުޅުންނާއި ލަންކާއިން ވަޑައިގަންނަވާ ބޭފުޅުން މދިޔަ 2 ދުވަސްތެރޭގައި މާލެ ވަޑައިގަތްފައިވާ ކަމަށެވެ.

މާލެ ގެނައުމަށްފަހު، ރަށްރަށާއި ގުޅިގެން ޙާފިޟުން އެރަށްރަށަށް ފޮނުވުމަށް އިންތިޒާމުތައް ހަމޖައްސަވަމުންދާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.