ރާއްޖޭގެ ޚަބަރު ރައީސް ނަޝީދަށް ކެމްޕޭންކުރާނެ ފައިސާ ހޯދަނީ އެމެރިކާގެ ޔަހޫދީ ޖަމާއަތަކުން: މާޒް ސަލީމް

ރައީސް ނަޝީދަށް ކެމްޕޭންކުރާނެ ފައިސާ ހޯދަނީ އެމެރިކާގެ ޔަހޫދީ ޖަމާއަތަކުން: މާޒް ސަލީމް

ރައީސް ނަޝީދަށް ކެމްޕޭންކުރާނެ ފައިސާ ހޯދަނީ އެމެރިކާގެ ޔަހޫދީ ޖަމާއަތަކުން: މާޒް ސަލީމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ކެމްޕޭންކުރާނެ ފައިސާ ހޯދަނީ އެމެރިކާގެ ” ޔަހޫދީ ލޮބީ” ނަމަކަށް ކިޔާ ޔަހޫދީ ޖަމާއަތަކުން ކަމަށް ޕީޕީއެމްގެ ކައުންސިލް މެންބަރ އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވެފައިވަނީ މިއަދު ނޫހަށް ދީފައިވާ އިންޓަވިއުއެއްގައެވެ.

މިކަމާ ބެހޭ ގޮތުން ސަލީމް އިތުރަށް ވިދާޅުވެފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދަށް ކެމްޕޭންކުރާނެ ފައިސާ ހޯދަނީ އެމެރިކާގެ ”ޔަހޫދީ ލޮބީ” ކިޔާ  ޖަމާއަތަކުން ކަމަށާއި، އެޖަމާއަތުގެ ބޭނުމަކީ ރާއްޖޭގެ ރައްޔިތުންގެ ފިކުރު ބަދަލުކޮށްލުން ކަމަށެވެ.

އަދި އެޖަމާއަތާއި ރައީސް ނަޝީދު ގުޅިވަޑައިގެން މަޝްވަރާ ކުރައްވާފައިވާ ކަމަށާއި، އަދި ރައީސް ނަޝީދަކީ ތަކުރާރުކޮށް އިސްލާމް ދީނަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައިވާ ބޭފުޅެއް ކަމަށް ވެސް ސަލީމް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން އެޖަމާއަތުން ފައިސާ ހޯދަން ދުނިޔޭގައި ހުރި ޔަހޫދީ ވެރިން ތިބޭ ބޮޑެތި ކުންފުނިތަކަށް ޒިޔާރަތް ކުރާ ކަމަށާ އެޖަމާއަތުން ރާއްޖެއަށް އެބައި މީހުންގެ ފިކުރު ގެނައުމަށް މަސައްކަތް ކުރާ ކަމަށް ސަލީމް ވިދާޅުވިއެވެ.

އަދިހަމަމިއާއެކު ސިޔާސީ ޕާޓީތަކުން ފައިސާ ހޯދާ ގޮތް ބަލަންޖެހޭ މުއައްސަސާތައް އެބަހުރި ކަމަށާއި، އެމުއައްސަސާތަކުން ނަގަންޖެހޭ ފުރިހަމަ ޒިންމާ ނަގަމުން ނުދާ ކަމަށް ވެސް ސަލީޟްގެ ވާހަކައިގައި ފާހަގަ ކޮށްފައި ވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.