ރާއްޖޭގެ ޚަބަރު އަރަބި ތައުލީމު ދިނުމަށް އިތުރު ދެ ސްކޫލެއް އަޅާނެ ކަމަށް ރައީސް ވަހީދު ވިދާޅުވެއްޖެ

އަރަބި ތައުލީމު ދިނުމަށް އިތުރު ދެ ސްކޫލެއް އަޅާނެ ކަމަށް ރައީސް ވަހީދު ވިދާޅުވެއްޖެ

އަރަބި ތައުލީމު ދިނުމަށް އިތުރު ދެ ސްކޫލެއް އަޅާނެ ކަމަށް ރައީސް ވަހީދު ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަރަބި އިސްލާމީ ތައުލީމަށް އެދޭ ގިނަ ބެލެނިވެރިންތަކެއް ތިބިކަމަށާއި ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ދެ ރަށެއްގައި އެ ފަދަ ދެ ސްކޫލެއް އަޅާނެ ކަމަށް ރައީސް މުޙައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ރައީސް ވަހީދު މިހެން ވިދާޅުވީ އަރަބިއްޔާ ސްކޫލަށް މިއަދު ހެނދުނު އެ މަނިކުފާނު ކުރެއްވި ޒިޔާރަތުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވަހީދު އިތުރަށް ވިދާޅުވީ އަރަބި އިސްލާމީ ތައުލީމު ވަރުގަދަ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ.

އަރަބިއްޔާ  ސްކޫލުގެ ހުރ ބައެއް ކަންތައްތަކަށް އިޝާރަތްކުރައްވައި ރައީސް ވަހީދު ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ ކުދިންގެ ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތަކަށް ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށެވެ.

މީގެއިތުރުން އަރިބިއްޔާ ސުކޫލު ރަސްމީކޮން ހުޅުވުމަށް ހާއްސަ ރަސްމިޔާތެއް ކުރިއަށް އޮތް ގާތްގަނޑަކަށް ދޮޅުމަސް ދުވަސް ތެރޭގައި ބާއްވާނެ ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.