ރާއްޖޭގެ ޚަބަރު ޖަމްޢިއްޔަތުއްސަލަފުގެ ނަމާދު އެޕްލިކޭޝަން ތަޢާރަފް ކުރުން ބުރާސްފަތި ދުވަހުގެ ރޭ

ޖަމްޢިއްޔަތުއްސަލަފުގެ ނަމާދު އެޕްލިކޭޝަން ތަޢާރަފް ކުރުން ބުރާސްފަތި ދުވަހުގެ ރޭ

ޖަމްޢިއްޔަތުއްސަލަފުގެ ނަމާދު އެޕްލިކޭޝަން ތަޢާރަފް ކުރުން ބުރާސްފަތި ދުވަހުގެ ރޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޖަމްޢިއްޔަތުއްސަލަފުން ނެރުމަށް މަސައްކަތް ކުރަމުން އަންނަ ނަމާދު އެޕްލިކޭޝަން ތަޢާރަފް ކުރުމުގެ ޙަފްލާ 4 ޖުލައި ވާ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ޖަމިއްޔާއިން ހާމަކޮށްފިއެވެ.

ޖަމްޢިއްޔަތުއްސަލަފުން މިކަމާ ގުޅޭގޮތުން އިތުރަށް ހާމަކުރިގޮތުގައި މި ޙަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 9 ޖަހާއިރު އިސްލާމީ މަރުކަޒުގެ ހޯލުގައި ކަމަށާއި މި ހަފްލާ ވެގެންދާނީ ވަރަށް ތަފާތު ހަފްލާއެއް ކަމަށެވެ.

އެޕްލޮކޭޝަން ނެރުމުގެ އިތުރުން އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އައި އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ގެ ކުޑަކުޑަ ތަޤްރީރެއް ހަފްލާގައި އޮންނާނެކަމަށާއި ނަމާދު އެޕްލިކޭޝަންއާ ގުޅޭ ތަޢާރަފް ދިނުމާއި އެޕްލިކޭޝަން ގެ ދެވަނަ އަޕްޑޭޓް އެއްގައި އަންނާނެ ބައެއް ކަންތައްތަކާއިގުޅޭ މައުލޫމާތު ދިނުންވެސް އޮންނާނެ ކަމަށް އެ ޖަމިއްޔާއިން ހާމަކުރެއެވެ.

މީގެ އިތުރުން ނަމާދުގެ ވަގުތުތައް ދެނެގަތުމަށާއި، ނަމާދެއް ރަނގަޅު ގޮތުގައި ކުރުމަށް، މުސްލިމުން ދެނެގަންނަންޖެހޭ އަސާސީ ކަންކަން ހިމަނައިގެން، ހުރިހާ ފަންތިއެއްގެ މީހުނަށްވެސް ފަސޭހަވާ ގޮތަށް، ދިވެހިބަހުން ތައްޔާރުކުރަމުންދާ މި "އެންޑްރޮއިޑް" މޮބައިލް އެޕްލިކޭޝަން ތައާރަފް ކުރުމުގެ ހަފްލާއަށް ވީހާވެސް ގިނަފަރާތްތަކުން ބައިވެރިވުމަށް އެދޭކަމަށް ވެސް ޖަމްޢިއްޔަތުއްސަލަފުން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.