ފުރުޤާން މިސްކިތުގެ 99 ޕަސެންޓް މަސައްކަތް މިހާރު ނިންމާފައިވާ ކަމަށާއި ނަމަވެސް މިސްކިތުގެ މަސައްކަތް އަންނަ ރޯދަ މަހަށް ނިންމާނުލެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މިކަމާ ގުޅޭގޮތުން އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުޙައްމަދު ދީދީ ވިދާޅުވެފައިވަނީ ރޯދަ މަހަށް މިސްކިތް ހުޅުވަން މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބު ނުވީ ބައެއް ސާމާނު ރާއްޖެ އިން ބޭރުން ނުގެނެވި ލަސްވުން ފަދަ ސަބަބުތައް މެދުވެރިވެގެން ކަމަށެވެ.
އަދި މިހާރު އެ މިސްކިތުގައި ނުނިމި ހުރީ އެތެރޭގެ މަސައްކަތްތައް އެކަނި ކަމަށާއި އެ މަސައްކަތްތައް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭވަރު ވާނެކަމަށެވެ.
ފުރުޤާން މިސްކިތް ކުރިން ހުރި ސަަހައްދުގައި ކުރިން ހުރި މިސްކިތް ތަޅާލުމަށް ފަހު އެތާގައި އާމިސްކިތެއް އެޅުމުގެ މަސައްކަތް ފަށާފައިވަނީ 2008 ވަނަ އަހަރުގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...