ދެ ފުލުހަކަށް އަގުވަޒަން ކުރުމުގެ ގޮތުން ހަދާނީ ލިޔުން ދީފިއެވެ.
މޯލްޑިވްސް ޕޮލިސް އިން ހާމަކުރި ގޮތުގައި "ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ޑޮލަރު ނަގައިގެން ދަނިކޮށް އަމީރު އަޙްމަދުމަގު ރިލެކްސް އިން ހޮޓެލް ކައިރިން ސައިކަލެއްގައި ދުއްވާފައި ދިޔަ މީހެއްގެ އަތުން ޑޮލަރުތަކެއް ފޭރިގަނެގެން ދިޔަ މީހަކު ފުލުހުންގެ ޕްރޮފެޝަނަލް މަސައްކަތާއެކު ހޯދައި އެމީހާ އާއި ޑޮލަރުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގައި ޙަރަކާތްތެރިވި ހީވާގި 2 ފުލުހުންގެ އަގުވަޒަންކުރުމުގެ ހަނދާނީ ލިޔުން ޙަވާލުކޮށްފައިވާ"ކަމަށެވެ. ޕޮލިހުން ހާމަކުރިގޮތުގައި އެ ދެފުލުހުންނަކީ "ލާންސް ކޯޕްރަލް މުޙައްމަދު އަރުޝަދު އަދި ޕޮލިސް ކޮންސްޓަބަލް ޙަސަން ސިނާން"އެވެ.
އަގުވަޒަން ކުރުމުގެ ގޮތުން ހަދާނީ ލިޔުން ހަވާލުކުރުމަށްފަހު ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަހީދު ވަނީ އެފުލުހުންނާއި ބައްދަލުކުރައްވާފައެވެ. ޑީ.ސީ.ޕީ ޙުސައިން ވަޙީދު ވަނީ އެ 2 ފުލުހުން ކޮށްދެއްވި ޤައުމީ ޚިދުމަތުގެ އަގުވަޒަންކޮށް ޝުކުރު އަދާކޮށްފައެވެ. އަދި ޙުސެއިން ވަހީދު ވިދާޅުވީ "އެ 2 ފުލުހުން އެދެއްކި ރީތި ނަމޫނާގެ ސަބަބުން މުޅި މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ޑީ.ސީ.ޕީ އަމިއްލަ ފުޅަށްވެސް އެކަމާ ފަޚުރުވެރިވާ"ކަމަށެވެ.
ޑޮލަރުތަކެއް ފޭރިގަނެގެން ދިޔަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ 27 ޖޫން 2013 ގެ 09:05 ހާއިރު ކަމަށް ފުލުހުން ހާމަކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...