ރާއްޖޭގެ ޚަބަރު އެމްޑީޕީގެ ކައުންސިލުތަކުން ހުރަސް އަޅާ މިންވަރަށް ޣައިރު މުސްލިމު ޤައުމުތަކުގައިވެސް ހުރަސް ނާޅާ: ޢަދާލަތު

އެމްޑީޕީގެ ކައުންސިލުތަކުން ހުރަސް އަޅާ މިންވަރަށް ޣައިރު މުސްލިމު ޤައުމުތަކުގައިވެސް ހުރަސް ނާޅާ: ޢަދާލަތު

އެމްޑީޕީގެ ކައުންސިލުތަކުން ހުރަސް އަޅާ މިންވަރަށް ޣައިރު މުސްލިމު ޤައުމުތަކުގައިވެސް ހުރަސް ނާޅާ: ޢަދާލަތު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިސްލާމީ ޝިޢާރު ތައް ފާޅުކުރުމަށް އެމް.ޑީ.ޕީގެ ކޮންޓްރޯލުގެ ދަށުގައިވާ ކައުންސިލް ތަކުން ހުރަސް އަޅަމުންމިގެންދާ މިންވަރަށް ޣައިރު މުސްލިމް ގައުމު ތަކުގައިވެސް ހުރަސް ނާޅާ ކަމުގައި ބުނެވިދާނެކަމަށް ޢަދާލަތު ޕާތީއިން ބުނެފިއެވެ.

މިދިޔަ ހުކުރު ވިލޭރޭ މުސްލިމުންގެ ގުޅުމުން ބާއްވަން އުޅުނު ދަރުސައް ހުރަސް އަޅައި ދަރުސް ހުއްޓުވި މައްސަލައިގައި ޢަދާލަތު ޕާޓިއިން ނެރެފައިވާ ނޫސްބަޔާނެއްގައި މާލޭ ސިޓީ ކައުންސިލުން ދަރުސަތަކަށް ހުރަސް އެޅުމަށް ކުރަމުންދާ ކަންތައް ހާމަކޮށް ބަޔާނުގައި ބުނެފައިވަނީ މީގެ ދުވަސް ކޮޅެއް ކުރިން ސިޓީ ކައުންސިލްއިން ބަންޑާރަ މިސްކިތުގެ އިމާމަށް އަންގާފައިވަނީ އަލުން ހުއްދަ ނުނަގައި އެއްވެސް ދީނީ ޢިލްމު ވެރިއަކު ދަރުސް ދެއްވުމަށް މައިކު ނުދިނުމަށް އަންގާފައިވާ ކަމަށެވެ. މިއެންގުމާއި ގުޅިގެން މުސްލިމުނގެ ގުޅުމާއި އަދި އަމިއްލަ ފަރާތްތަކުންވެސް މިމައްސލައިގައި ސިޓީ ކައުންސިލާއި ބައްދަލުކޮށްފައިވާ ކަމަށެވެ.

މިބައްދަލުވުން ތަކުގައި ދަރުސްދިނުމަށް ހުއްދަ ދެވޭނީ އަލުން ފޯރމެއް ފުރައިގެން ކަމަށް ބުނެ ގެނައި ފޯރމުގައި ދަރުސް ދިނުން ހުއްދަ އޮންނަ ގަޑިތަކެއް ކަމުގައި ކަނޑައަޅާފައިވަނީ ރޭގަނޑު 9 އަކުން 10 އަކަށް ނުވަތަ ރޭގަޑު 10 އަކުން 11 އަށް ކަމުގައްޔާއި ކޮންމެ މަހަކު އެއްފަހަރު ހުއްދަ އާކުރަން ޖެހޭނެކަމަށް އޮތުމުން ކައުންސިލަރާއި ބައްދަލުކުރަން ދިޔަ ފަރާތްތަކުން ނުރުހުން ފާޅު ކުރުމުން ކައުންސިލަރ އެތެރެއަށް ވަންނަވައި ދަރުސް ދެވޭ ގަޑިއަކީ ރޭގަޑު 8.30 އިން 9.30 އަށް ނުވަތަ 9.30 އިން 10.30 އަށް ބަދަލު ކުރައްވައިގެން ނިކުންނެވިކަމަށް ޢަދާލަތުޕާޓީއަށް މުޢުތަބަރު ގޮތުގައި އެނގިފައިވާކަމަށާއި ނަމވެސް މާލޭ ސިތީކައުންސިލުން މިމައްސލައިގައި ޙައްލެއް ހޯދައިދީފައި ނުވާކަމަށް ޢަދާލަތު ބަޔާނުގައި ބުނެފައިވެއެވެ.

"މިފަދަ އެންމެހާ ކަންތައްތަކުން އެނގި ސާބިތުވާނީ'ޑިމޮކްރަސީ'، 'ތަރައްގީ' އާއި 'އިންސާފު' ފަދަ ފަށުވި ޝިޢާރު ތަކެއްގެ ދަޅަ ދައްކައިގެން ދިވެހި ރައްޔަތުންގެ ބަޔަކު ހެއްލުންތެރި ކޮށްފައިވާ އެމް.ޑީ.ޕީ އަކީ ލާދީނި އެޖެންޑާއެއްގެ ދަށުން މަސްކަތް ކުރަމުން ގެންދާ ޕާޓީއެއް" ކަމަށް ޢަދާލަތު ޕާޓީގެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.