ރާއްޖޭގެ ޚަބަރު އެސްއައިއެސްގެ ފަރާތުން މިރޭ ބާއްވާ ޑރ. އިޔާޟުގެ ދަރުސް، ރޭޑިއޯ އެޓޯލްއިން ލައިވް ކުރާނެ

އެސްއައިއެސްގެ ފަރާތުން މިރޭ ބާއްވާ ޑރ. އިޔާޟުގެ ދަރުސް، ރޭޑިއޯ އެޓޯލްއިން ލައިވް ކުރާނެ

އެސްއައިއެސްގެ ފަރާތުން މިރޭ ބާއްވާ ޑރ. އިޔާޟުގެ ދަރުސް، ރޭޑިއޯ އެޓޯލްއިން ލައިވް ކުރާނެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ޔުނިވަސިޓީ ސުޓޫޑެންޓު ޔުނިއަންގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒުގެ ގޮފި ސޮސައިޓީ ފޯރ އިސްލާމިކް ސްޓަޑީޒުން މިރޭ ބާއްވާ ޑރ. މުޙައްމަދު އިޔާޟު ޢަބްދުއް ލަޠީފުގެ ދަރުސް ރޭޑިއޯ އެޓޯލް 96 އެފްއެމްއިން ލައިވުކުރުމަށް ހަމޖެހިފައިވާ ކަމަށް އެސޮސައިޓީއިން ބުނެފިއެވެ.

'ޤުރުއާންގެ މައްސަރު' މިމަޢުލޫއަށް މިރޭ ޔުނިވަސިޓީގެ ފައުންޑޭޝަން ސްޓަޑީޒުގެ އޮޑިޓޯރިއަމްގައި ބާއްވާ މިދަރުސައް ޔުނިވަސިޓީ ދަރިވަރުންގެ އިތުރުން ޢާއްމުންނަށްވެސް ބައިވެރިވެވޭނެ ކަމަށް އެސްއައިއެސްއިން ބުނެއެވެ.

"މިދަރުސަކީ ޔުނިވަސިޓީގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ބާއްވާ ދަރުސެއް. ނަމަވެސް އަޅުގަނޑުމެން މިއިންތިޒާމު ކުރަނީ ޢާއްމު ފަރާތްތަކަށްވެސް ބައިވެރިވެވޭގޮތަށް" އިއްޔެ ދިއިސްލާމަށް ދެއްވި އިންޓަވިއުއެއްގައި ސޮސައިޓީ ފޯރ އިސްލާމިކް ސްޓަޑީޒުގެ އޮފިޝަލް ވިދާޅުވެފައިވެއެވެ.

ރަމްޟާން މަހާއި ގުޅޭ ގޮތުން ބާއްވާ ދަރުސް ފެށޭނީ މިރޭ 9 ޖަހާއިރުއެވެ މިދަރުސްގައި ވީހާވެސްގިނަ ޔުނިވަސިޓީގެ ދަރިވަރުންނާއި ޢާއްމު ފަރާތްތަކުން ބައިވެރިވުމަށް އެސްއައިއެސްއިން އެދިލައްވައެވެ.

މިދަރުސައްފަހު މައޫލޫއާއި ގުޅޭ ގޮތުން ސުވާލާއި ޖަވާބު ސެޝަންއެއް އޮންނާނެކަމަށް އެސްއައިއެސްގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.