ރާއްޖޭގެ ޚަބަރު 28 އަހަރު ވަންދެން މެދުކެނޑުމެއްނެތި ބާއްވާމުން އައި ދީނީ ދަރުސަށް ހުރަސް އަޅައި ހުއްޓުވައިފި

28 އަހަރު ވަންދެން މެދުކެނޑުމެއްނެތި ބާއްވާމުން އައި ދީނީ ދަރުސަށް ހުރަސް އަޅައި ހުއްޓުވައިފި

28 އަހަރު ވަންދެން މެދުކެނޑުމެއްނެތި ބާއްވާމުން އައި ދީނީ ދަރުސަށް ހުރަސް އަޅައި ހުއްޓުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މުސްލިމުންގެ ގުޅުން ޖަމްޢިއްޔާގެ ފަރާތުން އިންތިޒާމުކޮށްގެން މީގެ 28 އަހަރު ކުރިން ފެށިގެން ސިލްސިލާކޮށް ކޮންމެ ހުކުރު ވިލޭރެއެއްގައި ބާއްވަމުން އަންނަ ދަރުސް ދިނުމުގެ ޕްރޮގްރާމްގެ ދަށުން ރޭ  ބަންޑާރަ މިސްކިތުގައި ބާއްވަން އުޅުނު ދަރުސް ބޭއްވުމަށް މާލޭ ސިޓީ ކައުންސިލުން ހުއްދަދިން ކަމަށް އަންގާފައި ނުވާކަމަށް ބުނެ ދަރުސް ބޭއްވުމަށް މިސްކިތުގެ މުދިމު ހުރަސް އަޅައިފި އެވެ.

ރޭ ދަރުސް ފެށުމަށް މަސައްކަތްކުރި ނަމަވެސް މިސްކިތުގެ މުދިމު ވަނީ ސިޓީ ކައުންސިލުން ދަރުސް ބޭއްވުމަށް ހުއްދަ ދީފައި ނުވާކަމަށް ބުނެ މައިކު ބޭނުންކުރަން ފުރުޞަތު ނުދޭނެކަމަށް ބުނެ ދެކޮޅު ހަދާފަ އެވެ. މިމަންޒަރު ދިއިސްލާމްގެ ރިޕޯޓަރުންނަށް ވަނީ ފެނިފަ އެވެ.

ރޭ ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީގައި ކިޔަވަމުން އަންނަ ޢަލީ ނިޝާމްއެވެ. ޢަލީ ނިޝާމަށް އިސްލާމިކް މިނިސްޓްރީއިން ދީނީ ނަޞޭހަތް ދިނުމަށް ވަގުތީ ހުއްދައެއް ދީފައިވާކަމަށް މުސްލިމުންގެ ގުޅުމުގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ 28 އަހަރު ކުރިންފެށިގެން ބާއްވަމުންއަންނަ މިދަރުސް ބޭއްވުމަށް މިހާތަނަށް މިފަދަ ހުރަސްތަކެއް ކުރިމަތިވެފައި ނުވާކަމަށެވެ.

ލޯކަލް ކައުންސިލުތަކުގެ ޤާނޫނުގެ ދަށުން އިސްލާމީ މަރުކަޒު ފިޔަވައި މާލޭގެ ހުރިހާ މިސްކިތެއްގެ ކަންތައްތައް ބަލަހައްޓަމުން ގެންދަނީ މާލޭ ސިޓީ ކައުންސިލުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.