ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ ސުޓޫޑަންޓު ޔޫނިއަންގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ގޮފި ސޮސައިޓީ ފޯ އިސްލާމިކް ސްޓަޑީޒު (ސިސް)ގެ ފަރާތުން އިންތިޒާމުކޮށްގެން "ޤުރުއާންގެ މައްސަރު' މިމަޢުލޫއަށް ޑރ. މުޙައްމަދު އިޔާޟު ޢަބްދުއް ލަޠީފުގެ ދަރުސެއް މާދަމާ ރޭއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެސޮސައިޓީއިން ބުނެފިއެވެ.
ސޮސައިޓީގެ އޮފިޝަލެއް ވިދާޅުވީ މިދަރުސް ބޭއްވުމަށް ހަމޖެހިފައިވަނީ މާދަމާރޭ 8:45 ގައި ޔުނިވަސިޓީގެ ފައުންޑޭޝަން ސްޓަޑީޒުގެ އޮޑިޓޯރިއަމްގައިކަމަށެވެ.
އޮފިޝަލް ވިދާޅުވީ ޔުނިވަސިޓީ ދަރިވަރުންނަށް ޚާއްޞަކޮށްގެން ބާއްވާ މިދަރުސައް ޢާއްމު ފަރާތްތަކަށްވެސް ބައިވެރިވެވޭނެ ގޮތަށް އިންތިޒާމު ކުރަމުންދާ ކަމަށެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ ރަމްޟާން މަހާއި ގުޅޭގޮތުން ބާއްވާ މިދަރުސައްފަހު މަޢުލޫއާއި ގުޅޭ ގޮތުން ސުވާލު ކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށް އެސޮސައިޓީގެ އޮފިޝަލް ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...