ރާއްޖޭގެ ޚަބަރު ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީއިން ހޮވާ ހިއްސާދާރަކަށް ހައްޖުދަތުރެއް

ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީއިން ހޮވާ ހިއްސާދާރަކަށް ހައްޖުދަތުރެއް

ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީއިން ހޮވާ ހިއްސާދާރަކަށް ހައްޖުދަތުރެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީގެ ހިއްސާދާރުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ހައްޖުދަތުރެއް ދިނުމަށް ހަމަޖައްސައިފިއެވެ.

ފުލުހުންގެ ގާނޫނު ދަށުން ވިޔަފާރިކުރުމަށް އުފައްދާފައިވާ ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އިން ފުލުހުންނަށް ހިއްސާ ވިއްކުމުގެ ފުރުޞަތު ފުރަތަމަ ހުޅުވާލާފައިވާއިރު ޕޮލްކޯގެ ހިއްސާދާރުންގެ މެދުގައި ގުރުއަތު ލައިގެން ހޮވޭ ކޮންމެވެސް އެއްފަރާތަަކަށް ހައްޖުދަތުރެއް ދިނުމަށް ޕޮލްކޯގެ ބޯރޑް އޮފް ޑިރެކްޓަރސްގެ ބައްދަލުވުމުން ވަނީ ނިންމާފައެވެ.

ޕޮލްކޯގެ ބޯރޑް އޮފް ޑިރެކްޓަރސް އިން ހިއްސާދާރުންގެ މެދުގައި ގުރުއަތު ލައިގެން ހޮވޭ ކޮންމެވެސް އެއްފަރާތަަކަށް ހައްޖުދަތުރެއް ދިނުމަށް ހަމަޖައްސާފައިވަނީ މި ޖޫން މަހުގެ 16 ވަނަ ދުވަހު ބޭއްވި ޕޮލްކޯގެ ބޯރޑް އޮފް ޑައިރެކްޓަރސްގެ ބައްދަލުވުމުގައެވެ.

ޕޮލްކޯގެ ހިއްސާ ފުލުހުންނަށް ހިއްސާ ވިއްކުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިދިޔަ އަހަރުގެ ފުލުހުންގެ އަހަރީ ދުވަސް ކަމުގައިވާ މާރޗް 29 ވަނަ ދުވަހު ކަމަށެވެ. އެ ކުންފުނީގެ ހިއްސާ ވިއްކުމުގެ މުއްދަތު ވެސް ވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށް ޕޮލްކޯގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.