ޖީއެމްއާރަށް އިބްރާހިމް ނާޞިރު ބައިނަލްޢަޤުވާމީ ވައިގެ ބަނދަރު ދިނުމުގެ މައްސަލައިގައި "އަލުން ފުލްފުލެޖު އިންވެސްޓިގޭޝަންއެއް ކުރެއްވުމަށް" އޭސީސީއަށް ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް ޢިމްރާން ޢަބްދުﷲ ގޮވާލައްވައިފިއެވެ.
ރޭ ދިޓީވީ 'ޚަބަރު ތެރެއިން' ޕްރޮގުރާމްގައި އޭސީސީއިން ދާދިފަހުން ނެރުނު ރިޕޯޓާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޖީއެމްއާރު އަތުން މާލޭ އިބްރާހިމް ނާޞިރު އޭއަރޕޯޓު ހޯދުމަށް އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގެންނެވި ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވީ މިރިޕޯޓުގައި ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށާއި އެގޮތުން އޭސީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން މޯލްޑިވުސް އެއަރ ޕޯޓު ކޮމެޕޭނީގެ ހިއްސާގަތުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް ފުރުޞަތު ހުޅުވާލައި 6 އޮކްޓޫބަރު 2009 ގައި ގެޒެޓުގައި އިޢުލާންކޮށްފައިވާނެކަމަށް އެރިޕޯޓުގައި ބުނެފައިވާ ކަމަށާއި ނަމަވެސް 6 އޮކްޓޫބަރ 2006 ގައި ގެޒެޓު ނެރެފައިވެސް ނުވާކަމަށެވެ.
ޝައިޚް އިމްރާން ވިދާޅުވީ އޭސީގެ ރިޕޯޓަކީ "ހައިލީ އަންޕްރޮފިޝަނަލަ އަދި ސެމީ ޓެކުނިކަލް ޕްރޮސީޖަރަލް ރިވިއުއެއް"ކަމަށެވެ.
ޢިމްރާން އިތުރަށް ވިދާޅުވީ މިރިޕޯޓަށް އޮޑިޓެކޭވެސް އެދާއިރާގެ ފަންނުވެރި ބަޔަކު ނުކިޔާނެކަމަށާއި ކިރިޔާވެސް ޤާނޫނީ ގޮތުން މިއަށް ބަލާލާމީހަކު ރަނގަޅު އިންވެސްޓިގޭޓިވް ރިޕޯޓެކޭވެސް ނުކިޔާނެ ކަމަށެވެ.
"އެހެން ކަމުން އޭސީސީގެ މެންބަރުންނަށް ޚާއްޞަކޮށް އޭސީސީގެ ވެރިންނަށް އޭސީގެ ރައީސްއަށް އަޅުގަނޑު ގޮވާލާނީ އަލުން ފުލް ފުލެޖު އިންވެސްޓީގެޝަންއެއް ހިންގާށޭ އޭރުން ތިބޭފުޅުން (އޭސީގެ މެންބަރުން) ނަށް 30 މީޓަރުގެ އަޑީގައި ހުރިއެއްޗިހި ފެންނާނޭ" ޢަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...