ރާއްޖޭގެ ޚަބަރު މާތްރަސްކަލާނގެ އިރާދަކުރައްވައިގެން ކަން ދިމާކޮށްފައި އޮތީ އަޅުގަނޑު އިންތިހާބު ކުރާގޮތަށް: ނަޝީދު

މާތްރަސްކަލާނގެ އިރާދަކުރައްވައިގެން ކަން ދިމާކޮށްފައި އޮތީ އަޅުގަނޑު އިންތިހާބު ކުރާގޮތަށް: ނަޝީދު

މާތްރަސްކަލާނގެ އިރާދަކުރައްވައިގެން ކަން ދިމާކޮށްފައި އޮތީ އަޅުގަނޑު އިންތިހާބު ކުރާގޮތަށް: ނަޝީދު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާތްރަސްކަލާނގެ އިރާދަކުރައްވައިގެން ކަން ދިމާކޮށްފައި އޮތީ އަޅުގަނޑު އިންތިހާބުކުރާ ގޮތަށްކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދު ބުނެފިއެވެ.

ތ.އަތޮޅު ތިމަރަފުށީގައި އެމްޑީޕީއިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން ނަޝީދު ބުނެފައިވަނީ މާތްރަސްކަލާނގެ އިރާދަކުރައްވާފައިއޮތީ އެއްބުރުން މިއިންތިޚާބު ކާމިޔާބުވާ ގޮތަށްކަމަށާއި، އެބޭފުޅާގެ މުޅި ޙަޔާތް ބިނާވަމުން އައީވެސް ﷲ އިރާދަ ކުރެއްވި ގޮތަށް ކަމަށެވެ. "މެޓާގަނޑެއް ކަރުދާހުން ވަކިކޮށްލާހާ ފަސޭހައިން އެއްބުރުން އިރާދަކުރެއްވިއްޔާ މިއިންތިޚާބު ކާމިޔާބު ކުރާނަން. މާތްރަސްކަލާނގެ އިރާދަކުރައްވައިގެން އަޅުގަނޑަށް ކަން ދިމާކޮށްފައި އޮތީ މިކަން ކުރާގޮތަށް. މާތްރަސްކަލާނގެ އިރާދަކުރައްވައިގެން އަޅުގަނޑުގެ މުޅި ޙަޔާތް ބިނާވަމުން މިއައީ އެއްބުރުން މިއިންތިޚާބު ކާމިޔާބު ކުރުމަށް. އިރާދަ ކުރެއްވިއްޔާ އެކަން އަޅުގަނޑު ކުރާނަން. ތިބޭފުޅުން އެކަމަކާއި ކަންބޮޑުވެލައްވާނެކަމެއްނެތް." ވަރަށް ޖޯޝާއި އެކު ނަޝީދު މިހެން ބުނެފައިވެއެވެ.

"އިރާދަކުރައްވާފައިއޮތީ އެއްބުރުން މިއިންތިޚާބު ކާމިޔާބުވާގޮތަށް" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ޖަލްސާގައި ބުނުމުން ގިނަ ބަޔެއްގެ ފާޑު ކިޔުން ނަޝީދަށް ވަނީ އަމާޒުވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.