ރާއްޖޭގެ ޚަބަރު ޞަޙީޙު މުސްލިމްގެ ދިވެހި ތަރުޖަމާ އާއި ޝަރަޙަގެ 2 ވަނަ ބައި ނެރުން މާދަމާ ރޭ

ޞަޙީޙު މުސްލިމްގެ ދިވެހި ތަރުޖަމާ އާއި ޝަރަޙަގެ 2 ވަނަ ބައި ނެރުން މާދަމާ ރޭ

ޞަޙީޙު މުސްލިމްގެ ދިވެހި ތަރުޖަމާ އާއި ޝަރަޙަގެ 2 ވަނަ ބައި ނެރުން މާދަމާ ރޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޞަޙީޙު މުސްލިމްގެ ދިވެހި ތަރުޖަމާ އާއި ޝަރަޙަގެ 2 ވަނަ ބައި މާދަމާ ރޭ ނެރެން ހަމަޖައްސައިފިއެވެ.

ދިއިސްލާމްއަށް ޚަބަރު ލިބިފައިވާ ގޮތުގައި މިފޮތް ލިޔުއްވާފައިވަނީ ޝެއިޚް ހުސެއިން ރަޝީދު އަހްމަދު އެވެ. ފޮތް ނެރުމަށް ހަމަޖެހިފައިވަނީ 23 ޖޫން 2013 ވާ އާދިއްތަ ދުވަހުގެ ރޭ 8.45 ގައި މާލޭ ސިޓީ ކައުންސިލް ހޯލްގައެވެ. ރިސާލާ ބުކްޝޮޕް އިން ޕަބްލިޝް ކޮށްފައިވާ މިފޮތް ނެރޭ ހަފްލާގައި ހާއްސަ އަގެއްގައި ވިއްކާނެކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޞަޙީޙު މުސްލިމްގެ ދިވެހި ތަރުޖަމާ އާއި ޝަރަޙަ ފޮތުގެ ފުރަތަމަ ބައި ނެރެފައިވަނީ 14 ސެޕްޓެމްބަރ 2012 ވާ ހުކުރު ދުވަހުގެ ރޭ 8.45 ގައި ނެޝަނަލް އާރޓް ގެލެރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ.

ޞަޙީޙު މުސްލިމްގެ ދިވެހި ތަރުޖަމާ އާއި ޝަރަޙަ ފޮތުގެ ފުރަތަމަ ބައި ނެރުނު ހަފްލާގައި ވާހަކަ ދައްކަމުން ޝޭހު ހުސެއިން ރަޝީދު ވިދާޅުވެފައިވަނީ “ޞަޙީޙް މުސްލިމްގެ ދިވެހި ތަރުޖަމާ އާއި ޝަރަހަ ފޮތް” އެކުލަވާލާފައި ވަނީ އިމާމު މުސްލިމްގެ ޞަޙީޙް މުސްލިމް އަސްލަކަށް ބަލައިގެން ކަމަށެވެ. ނަމަވެސް މިފޮތުގައި އެ ހަދީސްތައް އެހެން އިލްމްވެރިން މާނަ ކުރައްވާފައިވާ ގޮތް ހިމަނާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ފޮތުގައި އެކުލަވާލުމުގައި އިމާމު މުސްލިމްގެ އިތުރުން ހަދީސްތައް ރިވާކޮށްފައިވާ އެހެން އިލްމެވެރިންނާ ބެހޭ ހުލާސާ ވަނަވަރެއް ވެސް މިފޮތުގައި ހިމެނޭނެ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.