މުސްލިމެއްގެ ދިރިއުޅުގެ ޙަޔާތުގެ އަމާޒުކަމުގައި ވާންޖެހޭނީ އާޚިރަތުގެ ބާއްޖަވެރިކަން ހޯދުންކަމަށް އްޝައިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.
ޖަމްޢިއްޔަތުއްސަލަފުގެ "ހަފްތާ ނަޞޭޙަތް" ގެ 42 ވަނަ ޢަދަދުގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް ޙަސަން ވިދާޅުވީ މުސްލިމެއްގެ ދިރިއުޅުގެ ޙަޔާތުގެ އަމާޒުކަމުގައި ވާންޖެހޭނީ އާޚިރަތުގެ ބާއްޖަވެރިކަމާއި ﷲ ސުބުޙާނަހޫ ޥަތަޢާލާ ގެ ރުއްސެވުން ހޯދުންކަމަށެވެ. "ތިމާއަށް ވަޒީފާއާއި އާއްމުދަނީއިން ލިބޭ މުސާރަ ނުވަތަ މަޤާމުގެ މަތިވެރިކަން ތިމާއަށް ދުނިޔޭގައި ލިބޭ ޤަދަރާއި ޢިއްޒަތް. ދުނިޔޭގެ މަތިވެރިކަމާއި އަރާމާއި މޮޅުކަމާ، މިއީ ގިނަ ބައެއްގެ ދިރިއުޅުމުގެ މިސްރާބުކަމުގައި ވެފައިވީނަމަވެސް ތިމާގެ ނަފްސުގެ ދަހިވެތިކަމުގައި ޖެހިއްޖެ މީހާ އެކަމުގެ ތެރޭގައި ހަލާކުވެގެންދިއުމަކީ އެކަށީގެންވާ ކަމެއް. މުސްލިމެއްގެ ދިރިއުޅުގެ ޙަޔާތުގެ އަމާޒުކަމުގައި ވާންޖެހޭނީ އާޚިރަތުގެ ބާއްޖަވެރިކަމާއި ﷲ ސުބުޙާނަހޫ ޥަތަޢާލާ ގެ ރުއްސެވުން ހޯދުން"ކަމަށް ޝެއިޚް ފިކުރީ ވިދާޅުވިއެވެ.
"ނަފްސުގެ ދަހިވެތިކަން" މިމައުޟޫއަށް ވާހަކަ ދައްކަވަމުން ޝެއިޚް ފިކުރީ އިތުރަށް ވިދާޅުވީ "ގިނަ ބައެއްގެ ދިރިއުޅުމުގެ މަޤްޞަދުކަމުގައި ވެފައިވަނީ މާއްދީ ޙަޔާތްކަމަށާއި ނަފްސުގެ ދަހިވެތިކަމުގައި ޖެހިއްޖެ މީހާ އެކަމުގެ ތެރޭގައި ހަލާކުވެގެންދިއުމަކީ އެކަށީގެންވާ ކަމެއްކަމެއް"ކަމަށެވެ.
ޖަމްޢިއްޔަތުއްސަލަފުގެފަރާތުން ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހަކު އެ ޖަމްޢިއްޔާގެ ވެބްސައިޓުގައި ޝާއިޢު ކުރަމުންގެންދާ "ހަފްތާ ނަޞޭޙަތް" ގެ ވީޑިއާތަކަކީ ޢާއްމު އިޖްތިމާޢީ މައުޟޫއުތަކަށް އަލިއަޅުވާލައިގެން ކުރިއަށް ގެންދާ ސިލްސިލާ ވީޑިއޯ ނަޞޭޙަތް ތަކެކެވެ. ހަފްތާ ނަޞޭޙަތުގައި މިހާތަނަށް ވަރަށް ގިނަ ޢިލްމުވެރިންވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...