ރާއްޖޭގެ ޚަބަރު ބައެއް ގޮޅިތަކަކީ ސަޖިދަ ވެސް ނުކުރެވޭވަރުގެ ގޮޅިތަކެއް: ޤައިދީން

ބައެއް ގޮޅިތަކަކީ ސަޖިދަ ވެސް ނުކުރެވޭވަރުގެ ގޮޅިތަކެއް: ޤައިދީން

ބައެއް ގޮޅިތަކަކީ ސަޖިދަ ވެސް ނުކުރެވޭވަރުގެ ގޮޅިތަކެއް: ޤައިދީން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

"ސަރުކާރުގެ މައި ޖަލުގެ ބައެއް ގޮޅިތަކަކީ ސަޖިދަ ވެސް ނުކުރެވޭވަރުގެ ގޮޅިތަކެއް"ކަމަށް ބުނެ ޤައިދީން ރައީސްއަށް ހުށައަޅާފައިވާ ޕެޓިޝަނުގައި ޝަކުވާ ކޮށްފިއެވެ.

ސަރުކާރުގެ މައިޖަލުގައި ތިބި 420 ގައިދީއަކު ސޮއިކޮށް ހުށަހެޅި ޕެޓިޝަނުގައި ޝަކުވާ ކޮށްފައިވަނީ "ސަރުކާރުގެ މައި ޖަލުގެ ބައެއް ގޮޅިތަކަކީ ސަޖިދަ ވެސް ނުކުރެވޭވަރުގެ ގޮޅިތަކެއް"ކަމަށާއި "މާފުށީ ޖަލާއި އަދިވެސް ރާއްޖޭގެ އެހެނިހެން ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ގައިދީންނަށް ދީނީ އަޅުކަން ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ނުވާ"ކަމަށެވެ. އަދި "ދެމީހުން ހައްޔަރުކުރުމަށް ހަދާފައިވާ ގޮޅިތަކުގައި ހަތަރު ގައިދީންނަށްވުރެ ގިނައިން ތިބޭ ކަމަށާ އެ އެގޮޅިތަކުގައި ނަމާދު ކުރެވޭނެ ގޮތެއް ހަމަޖައްސައިދީފަ ނެތް" ކަމަށްވެސް މިޕެޓިޝަނުގައިވެއެވެ.

މާފުށީ ޖަލުގައި ހުކުރު ނަމާދު ނުކުރާތާ ހަތަރު އަހަރު ވެދާނެ ކަމަށާއި ޖަލުތަކުގައި ނަމާދު ކުރެވޭނެ ގޮތްތަކެއް ހަމަޖައްސައިދިނުމަށް އެދި މިދިޔަ އަހަރު އިސްލާމިކް މިނިސްޓްރީއަށް ސިޓީއަކުން ދެންނެވި ނަމަވެސް އެކަމަށް އެދެވޭ އިޖާބައެއް ލިބިފައި ނުވާކަމަށާއި މާލީ ގޮތުން ތަނަވަސްކަމެއް ނެތް ގައިދީންނަށް ދައުލަތުގެ ފަރާތުން އަންނައުނު ފޯރުކޮށްދިނުމަށް އެދިފައިވާނެ ކަމަށް ޤައިދީންގެ ޕެޓިޝަނުގައިވެއެވެ.

ގައިދީން ރައީސަށް ޕެޓިޝަނެއް ހުށަހެޅީ މި މަހުގެ ދެވަނަ ދުވަހު އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.