"ނަމާދު ދަސްކުރާ ގޭމް"އެއް ތައާރަފްކޮށްފިއެވެ.
ދިއިސްލާމްއަށް މައުލޫމާތު ދެއްވަމުން މިގޭމް ތައްޔާރުކުރުމުގައި ހަރަކާތްތެރިވި އިސްމާއިލް ރިޔާޒް ވިދާޅުވީ "މިއީ ވަރަށް ޝައުގުވެރި ގޭމެއް. މިއީ ޑައިސް އާއި ބޯޑް ބޭނުންކޮށްގެން ކުޅެވޭ ގޭމެއް. މިގޭމް ގެ ކޮންޓެންޓްތައް ވާނީ އިސްލާމިކް މިނިސްޓްރީއިން ފާސްކޮށްފައި."ކަމަށެވެ.
"ނަމާދު ދަސްކުރާ ގޭމް" ގެ މަގްސަދާއި ބެހޭގޮތުން އިސްމާއިލް ރިޔާޒް ވިދާޅުވީ "މިގޭމްގެ އެންމެ ބޮޑު މަގްސަދަކީ ނަމާދުގެ ވަކި ވަކި ރުކުންތައް އޭގެ ހުކުމާއި އެކު ގޭމްއެއްގެ ތެރެއިން އެނގިގެން ދިއުން. ގިނަ މީހުންނަށް ނޭނގޭ ނަމާދުގައި ކުރާ ވަކިވަކި ހަރަކާތްތަކުގެ ހުކުމްތަކެއް. އެހެންވީމާ ލިސްޓެއްގެ ގޮތައް ދަސްކުރުމުގެ ބަދަލުގައި މިގޭމް ކުޅެލެވިދާނެ. ކުޅެމުން ދަރިންނަށް ކިޔައިދޭން ވަރަށް ފަސޭހަވާނެ."ކަމަށެވެ.
މިދިޔަ ހަފްތާއިން ފެށިގެން ބާޒާރަށް ނުކުމެފައިވާ މުޅިން އާ ބޯޑްގޭމް "ނަމާދު ދަސްކުރާ ގޭމް" ވުޖޫދަށް އައިސްފައިވަނީ ދީނީ ޢިލްމުވެރިންގެވެސް އިރުޝާދާއި އެކުގައެވެ. "ވަރަށް ގިނަ ބައެއްގެ ޚިޔާލާއި މަޝްވަރާ ލިބިގެން މިގޭމް ތައްޔާރުކުރެވިފައިވަނީ. އޭގެ ތެރެއިން ޑރ ސައްތާރު، ޝެއިޚް ފިކުރީ، ޝެއިޚް ސަމީރު އަދި ޝެއިޚް ނަޝީދުވެސް ހިމެނޭ"ކަމަށް މިގޭމް ބޯޑް ތައްޔާރު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އިސްމާއިލް ރިޔާޒް ދިއިސްލާމްއަށް ވިދާޅުވިއެވެ.
މިގޭމް ބޯޑް މާލޭގެ ބުކްޝޮޕްތަކުން ލިބިވަޑައިގަންނަވާނެއެވެ. އަދި އަގުހެޔޮކޮށް ބައްލަވައިގަތުމަށް 7988464 އަށް ގުޅުއްވުމަށް އެފަރާތުން އެދިލައްވައެވެ.
"ނަމާދު ދަސްކުރާ ގޭމް" ވިއްކަމުންދަނީ ގޭމް ސެޓެއް އެންމެ 100 ރުފިޔާ އަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...