ޢިލްމީ ފޯވަހި” މިނަމުގައި ޤައުމީ ޔުނިވަރސިޓީން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ސިލްސިލާ ސެމިނާރ ތަކުގެ 4 ވަނަ ސެމިނާ މާދަމާ އޮންނާނެކަމަށް ޔުނިވަރސިޓީއިން ހާމަކޮށްފިއެވެ.
މި ސެމިނާއާ ބެހޭގޮތުން ޤައުމީ ޔުނިވަރސިޓީން ހާމަކުރި ގޮތުގައި މި ސެމިނާއަކީ “ރާއްޖޭގެ މީޑިޔާ މިނިވަން ހެއްޔެވެ؟” މި މަޢުޟޫއަށް ފެކަލްޓީ އޮފް އާޓްސްއިން ހުށައަޅައިދޭ ސެމިނާއެއް ކަމަށެވެ. ޤައުމީ ޔުނިވަރސިޓީން ހާމަކުރާ ގޮތުގައި މި ސެމިނާރ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 8.15 ގައި ޔުނިވަރސިޓީގެ ފެކަލްޓީ އެޑިއުކޭޝަންގެ އޮޑިޓޯރިއަމް ގައި ކަމަށެވެ.
“ޢިލްމީ ފޯވަހި” ގެ ފުރަތަމަ ސެމިނާ ހުށައަޅާފައި ވަނީ “އިސްލާމް ދީނުގެ ލުއިފަސޭހަކަން” މި މަޢުޟޫއަށް ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އިންނެވެ. އަދި 2 ވަނަ ސެމިނާރ ގެ މައުޟޫއަކީ “މަރުގެ ޙުކުމަކީ އިޙްތިޔާރީ ޙުކުމެއްހޭ ނުވަތަ ލާޒިމް ޙުކުމެއް ހެއްޔޭ” އެވެ. އެސެމިނާރ ބާއްވާފައިވަނީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އިން ނެވެ.
މި ސެމިނާއަކީ އާއްމުންނަށް ހުޅުވައިލައިގެން ކުރިއަށް ގެންދާ ސެމިނާއެއް ކަމަށްވެސް ޤައުމީ ޔުނިވަރސިޓީން ހާމަކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...