ރާއްޖޭގެ ޚަބަރު ޤުރްއާން ހިތުދަސްކުރެއްވި ފަރާތަކަށް ޙާފިޡު ކަމުގެ ތާޖް ހަވާލުކޮށްފި

ޤުރްއާން ހިތުދަސްކުރެއްވި ފަރާތަކަށް ޙާފިޡު ކަމުގެ ތާޖް ހަވާލުކޮށްފި

ޤުރްއާން ހިތުދަސްކުރެއްވި ފަރާތަކަށް ޙާފިޡު ކަމުގެ ތާޖް ހަވާލުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޤުރްއާން ހިތުދަސްކުރެއްވި ފަރާތަކަށް ޙާފިޡު ކަމުގެ ތާޖް ހަވާލުކޮށްފިއެވެ.

ޤުރުއާން ހިތުދަސްކުރުމުން ޙާފިޡު ކަމުގެ ތާޖާއި އިނާމް ހަވާލުކޮށްފައިވަނީ މިއަހަރު ބޭއްވި ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިރޭ ބޭއްވި ހަފްލާގައެވެ. އިސްލާމިކް މިނިސްޓްރީއިން ހާމަކުރި ގޮތުގައި ޤުރުއާން ހިތުދަސް ކުރައްވާފައިވާ ފަރާތްތަކަކީ އަލްޙާފިޡާ ޙުސްނާ ޙުސައިނަށާއި، އަލްޙާފިޡު ޢަބާން ޢަބްދުﷲ އަށާއި، އަލްޙާފިޡު ޢަބްދުއްރައޫފް ޢަބްދުލްޣަފޫރު އަދި އަލްޙާފިޡާ ޚަދީޖާ އިބްރާހީމް އެވެ.

ޤުރުއާން ހިތުދަސް ކުރެއްވި ފަރާތްތަކަށް ތާޖް ހަވާލު ކުރައްވާ އިނާމް ހަވާލު ކޮށްދެއްވީ ހަފްލާގެ ޝަރަފްވެރި މެހެމާން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙަންމަދު ވަޙީދު އެވެ.

ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙަންމަދު ވަޙީދު ވިދާޅުވީ "ޙާފިޒުކަމުގެ ސަނަދު ހާސިލު ކުރެއްވި ބޭފުޅުންނަށްވެސް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ޝުކުރު ދަންނަވާ"ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.