ރާއްޖޭގެ ޚަބަރު

އަންނަ ދައުރުގައި މަޖިލީހަށް އަށް ގޮނޑި އިތުރުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރަށް މާލެ އާއި ހަ އަތޮޅަކުން އަށް ގޮނޑި އިތުރުކުރަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފި އެވެ.

ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އާ ހަވާލާދީ މިއަދު ސަން އިން ހާމަކޮށްފައިވާގޮތުގައި މިދިޔަ މަހުގެ ނިޔަލަށް އަތޮޅުތަކުން ލިބުނު އާބާދީގެ ތަފާސްހިސާބުތަކަށް ބަލާ އިރު ހަތް އަތޮޅަކަށާއި މާލެ އަށް ގޮނޑި އިތުރުކުރަން ޖެހޭ ކަމަށާއި އަދި އެ ގޮނޑިތައް އިތުރުކުރަން ޖެހޭ ދާއިރާތައް ފައިނަލްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި އިތުރަށް ވިދާޅުވީ، އެ ކޮމިޝަނުން ކަނޑައަޅާފައިވާ ގޮނޑީގެ އަދަދަށް ދެން ބަދަލެއް ނާންނާނެ ކަމަށާއި ނަމަވެސް ކަނޑައަޅާފައިވާ ދާއިރާތަކަށް ބަދަލު އައުން އެކަށީގެންވާކަމަށެވެ.

ފުޢާދު ވިދާޅުވީ، އިލެކްޝަންއިން ކަނޑައެޅި ދާއިރާތަކާ ބެހޭ ގޮތުން ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދާނެކަމަށާއި އަދި އެ ސަރަހައްދުގެ ރަށްތަކުގެ ހިޔާލު ވެސް ހޯދާނެކަމަށެވެ. އަދި މީގެ އިތުރުން ދާއިރާތައް ފައިނަލްވާނީ މަޖިލީހުން އެންޑޯސްކުރުމުންކަމަށާއި ދާއިރާތައް ކަނޑައެޅުމުގައި މިހާރު ބަލާފައި ވާނީ އާބާދީ އާއި ޖިއޮގްރަފީގެ ގޮތުން ހަމަ ހަމަވާނެ ގޮތަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރުގެ އިންތިހާބު ބާއްވަން އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ނިންމާފައިވާއިރު، އަންނަ ދައުރުގައި ގޮނޑި އިތުރު ވާނީ މާލެ ފިޔަވައި ހދ.، ނ.، އދ، ތ.، ގދ.، އައްޑޫ ސިޓީން ކުރެ ކޮންމެ އަތޮޅަކަށް ގޮނޑިއެކެވެ. މާލެ އަށް ދެ ގޮނޑި އެވެ.

މިގޮނޑި ތަކާ އެކު އަންނަ ދައުރުގައި މަޖިލީހުގައި ޖުމްލަ 85 ގޮނޑި ހުންނާނެ ކަމަށް އިލެކްޝަންއިން ބުނެފައިވާއިރު، ގޮނޑިތައް ކަނޑައަޅާ ދާއިރާތަކެއް އިލެކްޝަންސް އަކުން ނުބުނެ އެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *