ރާއްޖޭގެ ޚަބަރު އަރިބިއްޔާގެ ދަރިވަރުންނަށް ތަނަވަސް މާހައުލެއް ޤާއިމްކޮށްދިނުމަށް، ފަންޑްރައިޒް ހަރަކާތެއް ބާއްވަނީ

އަރިބިއްޔާގެ ދަރިވަރުންނަށް ތަނަވަސް މާހައުލެއް ޤާއިމްކޮށްދިނުމަށް، ފަންޑްރައިޒް ހަރަކާތެއް ބާއްވަނީ

އަރިބިއްޔާގެ ދަރިވަރުންނަށް ތަނަވަސް މާހައުލެއް ޤާއިމްކޮށްދިނުމަށް، ފަންޑްރައިޒް ހަރަކާތެއް ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލޭގައި ހުރި ހަމައެކަނި ޢަރަބި ތަޢުލީމުދޭ މަދަރުސާ ކަމަށްވާ އަރިބިއްޔާ ސްކޫލްގެ ވަސީލަތްތަކުގެ ފެންވަރު ރަނގަޅުކޮށްދިނުމާއި ދަރިވަރުންނަށް ތަނަވަސް މާހައުލެއް ޤާއިމްކޮށްދިނުމަށްޓަކައި، ފަންޑް ރައިޒް ކުރުމުގެ ގޮތުން ހިންގޭ ހަރަކާތެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.

ދިއިސްލާމްއަށް މައުލޫމާތު ދެއްވަމުން މިކަން އިންތިޒާމްކުރާ އަރަބިއްޔާ ސުކޫލްގެ ބެލެނިވެރިއަކު ވިދާޅުވީ، އަރިބިއްޔާ ސްކޫލްގެ ވަސީލަތްތަކުގެ ފެންވަރު ރަނގަޅުކޮށްދިނުމާއި ދަރިވަރުންނަށް ތަނަވަސް މާހައުލެއް ޤާއިމްކޮށްދިނުމަށްޓަކައި، ފަންޑް ރައިޒް ކުރުމުގެ ގޮތުން ހިންގޭ ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި މިހަރަކާތާ ގުޅެގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެއް، އަރަބިއްޔާގެ ބެލެނިވެރިންނަށް މިރޭ ބާއްވަން ހަމަޖެހިފައިވާކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ހުރިހާ ބެލެނިވެރިންވެސް މިބައްދަލުވުމަށް ވަޑައިގެންދެއްވުމަކީ މިކަން އިންތިޒާމްކުރާ ބެލެނިވެރިންގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި މި ބައްދަލުވުން މިރޭ 8.15 ގައި އަރަބިއްޔާ ސުކޫލްގައި އޮންނާނެކަމަށެވެ.

ދިއިސްލާމްއަށް މަޢުލޫމާތު ލިބިފައިވާގޮތުގއި، މިބައްދަލުވުމުގައި އައްޝެއިޚް އިލްޔާސް ހުސައިން ވެސް ވާހަކަ ދައްކަވަން ހަމަޖެހިފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.