ރާއްޖޭގެ ޚަބަރު އެންމެ ބޮޑު އެއް ގޮންޖެހުމަކީ އަޅުގަނޑުމެންގެ އިސްލާމީ ވަހުދަތު: ޑރ ހަސަން

އެންމެ ބޮޑު އެއް ގޮންޖެހުމަކީ އަޅުގަނޑުމެންގެ އިސްލާމީ ވަހުދަތު: ޑރ ހަސަން

އެންމެ ބޮޑު އެއް ގޮންޖެހުމަކީ އަޅުގަނޑުމެންގެ އިސްލާމީ ވަހުދަތު: ޑރ ހަސަން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެންމެ ބޮޑު އެއް ގޮންޖެހުމަކީ އަޅުގަނޑުމެންގެ އިސްލާމީ ވަހުދަތުކަމަށް ޑރ ހަސަން ސައީދު ވިދާޅުވެއްޖެއެވެ.

ގައުމީ އިއްތިހާދު ޕާޓީ އާއި ޑީއާރުޕީ އާއި އަދާލަތު ޕާޓީ އަދި ގައުމީ ޕާޓީ ހިމެނޭ ކޯލިޝަން އިފުތިތާހު ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ ހަސަން ސައީދު ވިދާޅުވީ "ދިވެހި ރާއްޖޭގައި މިއަދު އެންމެ ބޮޑު އެއް ގޮންޖެހުމަކީ އަޅުގަނޑުމެންގެ އިސްލާމީ ވަހުދަތު، ދިވެހި ރާއްޖެ އަކީ ސަތޭކަ ޕަސެންޓް އިސްލާމީ ގައުމެއްގެ ގޮތުގައި ދެމެހެއްޓޭތޯ ނުވަތަ ނުދެމެހެއްޓޭނެތޯ؟"ކަމަށެވެ. ޑރ ހަސަން ވިދާޅުވީ "އިސްލާމީ ވަހުދަތު ކުރިއެރުވުމަށްޓަކައި ވާންޖެހޭ ކޮންމެ ގުރުބާނީއެއް ކޯލިޝަނުން ވާނެ ކަމަށާއި ރާއްޖޭގެ އިސްތިގުލާލު ދެމެހެއްޓުމަށްޓަކައި ވެސް ކޯލިޝަނުން މަސައްކަތް ކުރާނެ"ކަމަށެވެ.

ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދު އިތުރަށް ވިދާޅުވެފައިވަނީ ސިޔާސީ ބޭފުޅުން ކިރިޔާ ކަމެއް ވާއިރަށް ބޭރުގެ ގައުމުތަކަށް ގޮސް އެހީތެރިކަން ހޯދައި ބޭރުގެ ގައުމުތައް ދިވެހި ރާއްޖޭގެ ދާހިލީ ކަންކަމާއި ދިވެހި ރާއްޖޭގެ އިސްތިގުލާލު ގެއްލޭ ފަދަ ހާލަތަށް ގޮސްފައިވާ"ކަމަށާއި "ރާއްޖޭގައި ޒަމާނުއްސުރެ އޮތް ރީތި އާދަކާދަ އާއި ސަގާފަތް ދަމަހައްޓަން ޖެހޭ"ކަމަށެވެ.

ޑރ ހަސަން ސައީދުގެ އިތުރުން ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކެއްގެ ވެރިން ވަނީ ރޭގެ ޖަލްސާގައި ވާހަކަ ދައްކަވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.