ރާއްޖޭގެ ޚަބަރު ބުރުގާ ބާލައިގެން ކުޅެން ދެކޮޅު ހެދި ދިވެހި ބާސްކެޓް ޓީމު ޑިސްކޮލިފައިކޮށްފި

ބުރުގާ ބާލައިގެން ކުޅެން ދެކޮޅު ހެދި ދިވެހި ބާސްކެޓް ޓީމު ޑިސްކޮލިފައިކޮށްފި

ބުރުގާ ބާލައިގެން ކުޅެން ދެކޮޅު ހެދި ދިވެހި ބާސްކެޓް ޓީމު ޑިސްކޮލިފައިކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބުރުގާ ބާލައިގެން ކުޅެން ދެކޮޅު ހެދުމުން ދިވެހި ބާސްކެޓް ޓީމު ޑިސްކޮލިފައިކޮށްފިއެވެ.

ތައިލެންޑްގައި ކުރިއަށްދާ 18 އަހަރުން ދަށުގެ ފީބާ އޭޝިއަން ތްރީ އޮން ތްރީ ބާސްކެޓް މުބާރާތުގައި ރާއްޖެއިން ބައިވެރިވި އަންހެން ޓީމު މުބާރާތުން ޑިސްކޮލިފައިކޮށްފައިވަނީ "ބުރުގާ ނަގައިގެން ނުކުޅެވޭނެ ކަމަށް އަންގާފައިވާތީވެ އަންހެން ޓީމުގެ މެޗު ނުކުޅެވުނު،"ކަމަށް ވީމީޑިއާގައި ޝާއިއުކޮށްފައިވާ އިންޓަވިއުއެއްގައި ބާސްކެޓް ބެންކޮކްގައި ޓީމާއެކު ހުންނެވި ބާސްކެޓް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އާރިފް ރިޒާ ވިދާޅުވެފައިވެއެވެ. އެބޭފުޅާ އިތުރަށް ވިދާޅުވީ "މީގެ ކުރިން ކުޅުންތެރިންގެ ނުގަބޫލުގައި ބުރުގާ ބާލައިގެން މެޗު ކުޅުވާފައިވީ ނަމަވެސް މި ފަހަރު އެކަން އެގޮތަށް ކުރަން އެސޯސިއޭޝަނުން ބޭނުންނުވާ"ކަމަށެވެ.

ބާސްކެޓް ގަވާއިދު ބުނާ ގޮތުން ބުރުގާ އަޅައިގެން ކުޅުމަކީ މަނާ ކަމެއް، ރާއްޖޭގެ ޓީމުގައި ހިމެނޭ ހަތަރު ކުޅުންތެރިންގެ ދެ ކުޅުންތެރިންނަކީ ބުރުގާ އަޅާ ދެ ކުޅުންތެރިންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.