ސިޔާސީ ޕާޓީގެ ގަވާއިދަށް ހިޔާލު ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
ސިޔާސީ ޕާޓީތަކުގެ ގަވާއިދުގެ ފުރަތަމަ ދެލިކޮޕީ އެކުލަވާލައި، ކަމާގުޅޭ ފަރާތްތަކާއި އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފައިވަނީ އިލެކްޝަން ކޮމިޝަންގެ ވެބްސައިޓް މެދުވެރިކޮށެވެ.
އިލެކްޝަން ކޮމިޝަނުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި އެކޮމިޝަނުގެ މެމްބަރު އަހުމަދު އަލިމަނިކު ވިދާޅުވީ "ގަވާއިދަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިއަލަށް" ކަމަށެވެ.
އިލެކްޝަން ކޮމިޝަނުން ވިދާޅުވީ ހިޔާލު ހުށަހެޅުމަށް ކުރު މުއްދަތެއް ދޭން ޖެހުނީ އެ ގަވާއިދުގެ މަސައްކަތްތައް ވަރަށް އަވަހަށް ނިންމަން ޖެހޭތީ ކަމަށް ވެސް އަލިމަނިކު ވިދާޅުވިއެވެ.
އިލެކްޝަން ކޮމިޝަންއިން ހާމަކުރި ގޮތުގައި "ގެޒެޓްކުރުމުގެ ކުރިން މި ގަވާއިދަށް ވީހާ ވެސް ގިނަ ފަރާތްތަކުގެ ޚިޔާލު ހޯދުމަކީ މުހިންމު ކަމެއް ކަމުގައި ވާތީ މިކަމުގައި ސިޔާސީ ޕާޓީތަކާއި ވީހާވެސް ގިނަ ފަރާތްތަކެއްގެ ބައިވެރިވުން ބޭނުންވާ"ކަމަށެވެ.
ވިދާޅުވޭ: ސިޔާސީ ޕާޓީގެ ގަވާއިދު (ދެލި ކޮޕީ)
ކޮމެންޓް (0)
ލޯޑް ކުރަމުން...