ސޯފާ އެގްރިމެންޓްގައި ރާއްޖެ އަށް ސޮއި ނުކުރެވޭނެކަމަށް ޑރ މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ ޝަހީމްގެ ފޭސްބުކްގައި މިއަދު ވިދާޅުވީ "ބޭރުގެ ސިފައިންގެ ބަޔަކު ރާއްޖޭގައި ތިބޭ ގޮތަށް އެ އެއްބަސްވުމުގައި ސޮއިނުކުރެވޭނެ"ކަމަށާއި "އިސްލާމީ ގައުމަކަށް ހަމަލަދޭއިރު އެ މީހުންގެ [އެމެރިކާގެ] މަރުކަޒަކަށް ރާއްޖެ ބޭނުންކޮށްފާނެ. މިކަމާ އެއްވެސް ދުލެއް ނުދެވޭނެ،"ކަމަށެވެ.
"ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭ ގޮތަކަށް، އަދި އެމީހުންގެ މަނަވަރުތަކަށް ތެޔޮ އަޅާ މަންޒިލަކަށް ރާއްޖެ ނުހެދޭނެ،"ކަމަށް އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް ވިދާޅުވެފައިވެއެވެ.
އެޓާނީ ޖެނެރަލް ކަމުގެ މަގާމުގައި އައިޝަތު އާޒިމާ ޝަކޫރު ހުންނެވި އިރު ސޯފާ އެގްރިމަންޓާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ސްޓޭޓަސް އޮފް ފޯސަސް އެގްރީމަންޓް (ސޯފާ) އަކީ އެމެރިކާ ސިފައިންނަށް އެއްބާރުލުމާއި އެހީތެރިކަން ދިނުމުގެ އެއްބަސްވުމެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...