ރާއްޖޭގެ ޚަބަރު މަލީޝާއަށް ފައިސާ ދެއްކި މީހުންނަށް އެހީގެ ގޮތުގައި މިހާތަނަށް އެއްވެސް ފައިސާ ލިބިފައި ނުވޭ: އިސްލާމް މިނިސްޓްރީ

މަލީޝާއަށް ފައިސާ ދެއްކި މީހުންނަށް އެހީގެ ގޮތުގައި މިހާތަނަށް އެއްވެސް ފައިސާ ލިބިފައި ނުވޭ: އިސްލާމް މިނިސްޓްރީ

މަލީޝާއަށް ފައިސާ ދެއްކި މީހުންނަށް އެހީގެ ގޮތުގައި މިހާތަނަށް އެއްވެސް ފައިސާ ލިބިފައި ނުވޭ: އިސްލާމް މިނިސްޓްރީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަލީޝާއަށް ފައިސާ ދެއްކި މީހުންނަށް އެހީގެ ގޮތުގައި މިހާތަނަށް އެއްވެސް ފައިސާ ލިބިފައި ނުވާކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ މުހައްމަދު ދީދީ ވީޓީވީގައި ދީފައިވާ އިންޓަވިއުއެއްގައި މިދިޔަ އާދިއްތަ ދުވަހު ވިދާޅުވެފައިވަނީ މަލީޝާ މެދުވެރިކޮށް ހައްޖަށް ދިއުމަށް ފައިސާ ދައްކާ ނުދެވި ތިބި މީހުންނަށް "ފައިސާގެ އެހީ ދޭން ސަރުކާރާއި ބައެއް އަމިއްލަ ފަރާތްތަކުން ބުނިނަމަވެސް މިހާތަނަށް އެ ފައިސާ ލިބިފައި ނުވާ"ކަމަށެވެ. އަދި "މަލީޝާ ޖަމާއަތް މެދުވެރިކޮށް ހައްޖަށް ދިއުމަށް ފައިސާ ދެއްކި މީހުނަށް ލިބުނު ގެއްލުން ފޫބެއްދުމަށް މިނިސްޓްރީއިން މަސައްކަތް ކުރަމުންދާއިރު، އެކަން ކުރެވެން އޮތީ ފައިސާ ލިބިގެން" ކަމަށް ވެސް ދީދީ ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް މަލީޝާއަށް ފައިސާ ދައްކާ ޙައްޖަށް ނުދެވި ތިބި މީހުން ޙައްޖަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާއިރު އިސްލާމިން މިނިސްޓްރީއިން އިތުރަށް ވިދާޅުވީ "ސަރުކާރުން މީހުން ހައްޖަށް މީހުން ގެންދާއިރު އިސްކަން ދޭނީ ފައިސާ ލިބޭ މިންވަރަކަށް ބަލައި މިހާތަނަށް ފަރުލު ހައްޖެއްވެފައި ނުވާ މީހުންނަށް ކަމަށާއި ފައިސާ ލިބޭ މިންވަރަކުން ހުރިހާ ފަރާތްތަކެއް ހައްޖަށް ފޮނުވަން މަސައްކަތް ކުރާނެ"ކަމަށެވެ.

"ބައެއް ފަރާތްތަކުން އަލުން ފައިސާ ދައްކައިގެން ވެސް ހައްޖަށް ދާން ބޭނުންވާ މީހުން ތިބި ކަމަށާއި އެމީހުން ފޮނުވާނީ، ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ އަށް ޖަމާއަތަށް ބަހާލައިގެން"ކަމަށްވެސް އިސްލާމިކް މިނިސްޓްރީއިން ހާމަކުރެއެވެ.

މަލީޝާއަށް ފައިސާ ދެއްކި މީހުންނާ އިސްލާމިކް މިނިސްޓްރީން މިހަފްތާގައި ވަނީ ބައްދަލުކޮށްފައެވެ.

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.