ޝެއިޚް ޖައުފަރު ފާއިޒްގެ ސިލްސިލާ ދަރުސްތަކެއް ޙަފްތާގެ ތިންދުވަހު ވަކިމަޢުލޫތަކައް މިސްކިތުގައި ބޭއްވުމަށް ހަމަ ޖެހިއްޖެއެވެ.
މިކްލާސްތައް އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވާ އެއްފަރާތެއް ކަމަށްވާ އަލީ ޝިފާހު ވިދާޅުވެފައި ކޮންމެ ހަފްތާއެއްގެ ޙޯމަ، އަންގާރަ، ބުދަ، މިތިންދުވަހު ޢިޝާ ނަމާދަށްފަހު މިސްކިތުގައި ވަކިމަޢުލޫތަކަށް ދަރުސްތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން މިމަހު ދަރުސްތައްބޭއްވުމަށް ހަމަޖެހިފައިވަނީ ޝޮލާޙުއްދިން މިސްކިތުގައާއި ވިޔަފާރިވެރިންގެ މިސްކިތުގައިކަމަށެވެ. އަދި އަންނަ މަހުން ފެށިގެން 3 މިސްކިތު ދަރުސްދައް ކުރިއަށްދާނެކަމަށެވެ.
މީގެއިތުރުން ޤުރުއާނާއި ޙަދީޘްގެ ކްލާސްތައްވެސް މިދަރުސްތަކުގެ ތެރެއިން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ކްލާސްތަކާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި މީގެކުރިން ބޭއްވި ކުލާސްތަކުގެ ސީޑީ ހޯއްދެއްވުމަށް (7755290)އަށް ގުޅުއްވުމުން އެކަން ހަމަޖެހިގެން ދާނެކަމަށް ވެސް އަލީ ޝިފާހު ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...