ރާއްޖޭގެ ޚަބަރު ނަޝީދަކީ އިސްލާމްދީން ނޫން ދީންތަކަށް ރާއްޖޭގައި ޖާގަ ދެއްވުމަށް މަސައްކަތް ކުރައްވާ ބޭފުޅެއް: ޤާސިމް

ނަޝީދަކީ އިސްލާމްދީން ނޫން ދީންތަކަށް ރާއްޖޭގައި ޖާގަ ދެއްވުމަށް މަސައްކަތް ކުރައްވާ ބޭފުޅެއް: ޤާސިމް

ނަޝީދަކީ އިސްލާމްދީން ނޫން ދީންތަކަށް ރާއްޖޭގައި ޖާގަ ދެއްވުމަށް މަސައްކަތް ކުރައްވާ ބޭފުޅެއް: ޤާސިމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނަޝީދަކީ އިސްލާމްދީން ނޫން ދީންތަކަށް ރާއްޖޭގައި ޖާގަ ދެއްވުމަށް މަސައްކަތް ކުރައްވާ ބޭފުޅެއްކަމަށް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ކުޅުދުށްފުށީގައި ޖުމްހޫރީޕާޓީ އިން ބޭއްވި ޖަލްސާއެއްގައި މިދިޔަ ހުކުރު ދުވަހު ގެ ރޭ އެޕާޓީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވީ "ނަޝީދަކީ އިސްލާމްދީން ނޫން ދީންތަކަށް ރާއްޖޭގައި ޖާގަ ދެއްވުމަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި ރާއްޖޭގައި އޮތީ ހަމައެކަނި އިސްލާމްދީން ނޫންކަން ބޭރުގެ ފަރާތްތަކަށް އަންގަންވެސް ކުރީގެ ރައީސް ނަޝީދު މަސައްކަތް ކުރައްވާ"ކަމަށެވެ. "އެހެންކަމުން ރައްޔިތުން ބޭނުންވަނީ ދިނާއި އިސްތިގުލާލް ނަގާލަންތޯ؟" ގާސިމްވަނީ ސުވާލު ކުރައްވާފައެވެ.

ޤާސިމް އިބްރާހިމް އިތުރަށް ވިދާޅުވީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ 7 ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވޯޓު ދީ އެމަނިކުފާނު ވެރިކަމަށް ހޮވައިފި ކަމަށްވާނަމަ އިސްލާމް ދީނާއި ރާއްޖޭގެ އިސްތިގުލާލަށް ގެއްލުންވާނެކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.