"ހިތްވަރު ގަދަ ކުއްޖަކަށްވެވޭނީ ކިހިނެއް؟" މިނަމުގައި ކުޑަކުދިންނަށް ޚާއްޞަ ކޮށްގެން ދަރުސްއެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.
ދަރުސް އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވާ ފަރާތަކުން ދި އިސްލާމަށް މަޢުލޫމާތު ދެއްވި ގޮތުގައި މިދަރުސް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 17 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައެވެ.
ދި އިސްލާމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިދަރުސް އަކީ މީގެ ކުރިން “ކީރިތި ޤްރުޢާން އަށް ލޯބިޖެއްސުން” މިނަމުގައި ކުޑަކުދިންނަށް ޚާއްޞަ ކޮށްގެން ދަރުސްއެއް ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސްގެ ބަދަލުގައި ބާއްވާ ދަރުސްއެކެވެ.
ކުޑަކުދިންނަށް އަމާޒު ކޮށްގެން ބާއްވާ މިދަރުސް ދެއްވާނީ އައްޝައިޚް މުހައްމަދު ޝިނާން އެވެ.
މި ފަހަކަށް އައިސް ކުޑަކުދިންނަށް ޚާއްޞަކޮށްގެން ތަފާތު ދަރުސްތައް އަންނަނީ ބާއްވަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...