ރާއްޖޭގެ ޚަބަރު އިސްލާމްދީނުގައި އޮންނަ "އަނެއް ގޮތް" ސާފުކޮށްދެން ނަޝީދު ބޭނުމެއް ނުވި

އިސްލާމްދީނުގައި އޮންނަ "އަނެއް ގޮތް" ސާފުކޮށްދެން ނަޝީދު ބޭނުމެއް ނުވި

އިސްލާމްދީނުގައި އޮންނަ "އަނެއް ގޮތް" ސާފުކޮށްދެން ނަޝީދު ބޭނުމެއް ނުވި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިސްލާމްދީނުގައި އޮންނަ "އަނެއް ގޮތް" ސާފުކޮށްދެން ނަޝީދު ބޭނުމެއް ނުވިއެވެ.

ކުރީގެ ރައީސް ނަޝީދު ޑެންމާކަށް ދާދިފަހުން ކުރި ދަތުރެއްގައި ވާހަކަ ދައްކަމުން ހަރުކަށި ފިކުރު ފެތުރެން ފަސޭހަވެފައި ވަނީ އިސްލާމްދީނުގައި އޮންނަ “އަނެއް ގޮތް” ނުވަތަ “އޮލްޓަނޭޓިވް ނެރޭޓިވް” ކިޔައި ނުދެވުމުގެ ސަބަބުން ކަމަށް ބުނެފައިވާތީ އެބުނާ 'އަނެއް ގޮތަކީ' ކޮބައިތޯ ނުވަތަ މަޙްފޫމަކީ ކޮބައިތޯ ދުވަހު ނޫސް 'ސަން އޮންލައިން' އިން ތަކުރާރުކޮށް ދެންނެވުމުން ނަޝީދު ޖަވާބަކަށް ބުނެފައިވަނީ "އެމްޑީޕީގެ ސަރުކާރެއްގައި ރާއްޖޭގައި އިސްލާމްދީން ވަރަށް ފުރިހަމައަށް ހިމާޔަތް ކޮށްދޭނެ" ކަމަށެވެ.

މޫކާއީ ހޮޓެލްގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަކުރާރުކޮށްވެސް އެސުވާލު ނޫސްވެރިޔާ ކުރުމުންވެސް ނަޝީދު ބުނެފައިވަނީ "ޑެންމާކްގައި ދެއްކެވި ވާހަކައާ ގުޅޭ ގޮތުން ވެސް އަޅުގަނޑު ދަންނަވަން އޮތީ އަޅުގަނޑުމެން އެމްޑީޕީގެ ސަރުކާރެއްގައި އިސްލާމްދީން ވަރަށް ފުރިހަމަ އަށް ހިމާޔަތް ކޮށްދޭނަމޭ." މިފަދައިންނެވެ.

ނަޝީދު ޑެންމާރކްގައި ދެއްކި ވާހަކައާއި ދެކޮޅަށް އެތައް ބަޔަކު މީޑިއާ މެދުވެރިކޮށް ވާހަކަ ދައްކަވާފައިވާއިރު އެވާހަކަ ތަކާއި ދެކޮޅަށް މާލޭގައި ވަނީ މުޒާހަރާވެސް ކޮށްފައެވެ.

ރައީސް ނަޝީދު ކޯޕަންހޭގަން ޔުނިވާސިޓީގައި ތަގުރީރު ކުރައްވައި އިސްލާމްދީނާ ބެހޭ ގޮތުން ނަޝީދު ދެއްކެވި، އިސްލާމްދީނާއި “ޕްރޮގްރެސިވް” އިސްލާމްދީނާ ދެމެދު ހިނގަމުންދާ އަރާރުންވުމުގެ ތެރެއިން ސަގާފީ އިސްލާމް ފެތުރެމުންދާތީވެ އެކަމުގެ ހަގީގަތް ހުޅަނގުގެ އާއްމުންނާ ހިއްސާކޮށްދެއްވުމަށް ދެއްކެވި ވާހަކަތަކުގައި އެމަނިކުފާނު ވިދާޅުވީ ހަރުކަށި ފިކުރު ފެތުރެން ފަސޭހަވެފައި ވަނީ އިސްލާމްދީނުގައި އޮންނަ “އަނެއް ގޮތް” ނުވަތަ “އޮލްޓަނޭޓިވް ނެރޭޓިވް” ކިޔައި ނުދެވުމުގެ ސަބަބުން ކަމަށެވެ.

“ހަރުކަށި ފިކުރުގެ މީހުން ވެއްޖިއްޔާ ކޮންމެ ސުވާލަކަށް އެމީހުންގެ ޖަވާބެއް އެބަ އޮތް. ދަންވަރު ގުޅާފައި “ޝޭހުއޭ. މިއުޅެނީ ނުނިދިގެންނޭ” ބުނެފި ނަމަ، ޝޭހު ދޭނެ ރަސޫލާގެ ހަދީސްއެއް ނުވަތަ ވަހީ ބަސްފުޅެއް ދަންވަރު ނިދުމުގައި ކަންކުރުމާ ބެހޭ ގޮތުން. އަޅުގަނޑުމެންގެ ނެތް މިކަހަލަ ހެލްޕްލައިނެއް. އަޅުގަނޑުމެންގެ އަތުގައެއް ނެތް “އެހެން ގޮތެއް”. އެހެން ގޮތެއް ހޯދުމަކީ ވަރަށް މުހިއްމު ކަމެއް،” ރައީސް ނަޝީދު ވީޑިއޯގައި ބުނެފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.