ރާއްޖޭގެ ޚަބަރު ކަނޑުދަތުރު ކުރުމުގައި މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރަން: އެމްއެންޑީއެފް

ކަނޑުދަތުރު ކުރުމުގައި މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރަން: އެމްއެންޑީއެފް

ކަނޑުދަތުރު ކުރުމުގައި މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރަން: އެމްއެންޑީއެފް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުރިއަތްއޮތް 24 ގަޑައިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރާކަމަށާއި ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ދަތުރުކުރުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑުން އިލްތިމާސް ކުރައްވައެވެ.

އެމްއެންޑީއެފް އިން ހާމަ ކުރާ ގޮތުގައި ވައިޖެހޭނަކަމަށް ލަފާކުރެވެނީ ހުޅަނގު ދެކުނާއި، ހުޅަނގުން މެދު ރާއްޖެތެރެއާއި ދެކުނު އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައެވެ. އަދި މީގެ އިތުރުން، ވިލާގަނޑުގައި، ގަޑިއަކު 40 މޭލާއި 50 މޭލާ ދެމެދުގެ ބާރު މިނުގައި ވައިގަދަވާނެކަމަށް ލަފާކުރާކަމަށް ކޯސްޓްގާޑުން މަޢުލޫމާތު ދެއްވައެވެ.

މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް ގަދެވެފައި، އެހެން ހިސާބުތަކުގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި، ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށް ލަފާކުރެވޭތީ، ޢާއްމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކުރެއެވެ. އަދި މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ދަތުރުކުރައްވާ ފަރާތްތަކުން ޚާއްޞަކޮށް މޫސުމަށް ސަމާލުވުމަށާއި އަދި ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން ފުރުމުގެ ކުރިން ކޮމިޔުނިކޭޝަން ޓެސްޓް ކުރައްވައި، މޫސުމާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރުތައް ރޭއްވެވުމަށްވެސް އެމްއެންއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސް ކުރައްވައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.