ރާއްޖޭގެ ޚަބަރު އިލްމުވެރިން ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކުރަމުން ގެންދާތީ ކަންބޮޑުވަން: ޢަދާލަތު ޕާޓީ

އިލްމުވެރިން ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކުރަމުން ގެންދާތީ ކަންބޮޑުވަން: ޢަދާލަތު ޕާޓީ

އިލްމުވެރިން ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކުރަމުން ގެންދާތީ ކަންބޮޑުވަން: ޢަދާލަތު ޕާޓީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިލްމުވެރިން ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކުރަމުން ގެންދާތީ ކަންބޮޑުވާކަމަށް ޢަދާލަތު ޕާޓީއިން ބުނެފިއެވެ.

ގާނޫނުލް އުގޫބާތު ދިރާސާކުރާ ވަގުތީ ކޮމެޓީއަށް ޝެއިޚް އިލްޔާސް ހާޒިރު ކުރުމާއި ގުޅިގެން އަދާލަތު ޕާޓީއިން މިއަދު ނެރެފައިވާ ނޫސްބަޔާންގައި ވަނީ "ގާނޫނުލް އުގޫބާތު ފަދަ މުހިންމު ގާނޫނުތައް ހަދަން ޖެހޭނީ ދީނީ އިލްމުވެރިންގެ ލަފާގެ މަތިން" ކަމަށާއި "ގާނޫނުލް އުގޫބާތުގެ ބިލުގައި އިސްލާމީ ޝަރީއަތާ ހިލާފަށް ހުރި މާއްދާތައް އިލްމުވެރިން ބަޔާންކޮށްދިނުމުން، އެއިސްލާހުތައް ބަލައިގަތުމުގެ ބަދަލުގައި އިލްމުވެރިން ކޮމެޓީއަށް ހާޒުރުކޮށް ސުވާލުކުރަމުން ގެންދާތީ ކަންބޮޑުވާ"ކަމަށެވެ.

އަދާލަތު ޕާޓީގެ ބަޔާނުގައި އިތުރަށް ހާމަކޮށްފައިވަނީ "މަޖިލީހަށް މެމްބަރުން އިންތިހާބު ކުރާއިރު މެމްބަރުންނަކީ އިސްލާމީ ޝަރީއަތުގެ މަސްދަރުތައް އެނގިވަޑައިގަންނަވާ، ގާބިލު ބޭފުޅުންނަށް ހެދުމަށް އިލްތިމާސް ކުރާ"ކަމަށެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިން ގޮފީގެ ރައީސް ޝެއިހް އިލްޔާސް ހުސައިން ވަނީ ގާނޫނުލް އުގޫބާތު ކޮމެޓީއަށް މިއަދު ހެނދުނު ހާޒިރުކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.