ވަރިކުރުމަށް އެދި ހުށަޅާ ފޯމަކާއި ވަރިވުމަށް އެދި ހުށަހަޅާ ފޯމެއް ތައާރަފްކޮށްފިއެވެ.
ފެމިލީ ކޯޓުން ހާމަކުރިގޮތުގައި ވަރިވުމަށް އެދި ހުށަހަޅާ ފޯމަށް މިއަދުން ފެށިގެން ބަދަލު ގެނެސްފައިވާކަމަށެވެ. އެގޮތުން ވަރިކުރުމަށާއި އަނބިމީ އަމިއްލަ އަށް ވަރިވާން މީގެ ކުރިން އެއް ފޯމަކުން ހުށަހެޅި ނަމަވެސް މިއަދުން ފެށިގެން ވަނީ ވަރިކުރުމަށް އެދި ހުށަޅާ ފޯމަކާއި ވަރިވުމަށް އެދި ހުށަހަޅާ ފޯމެއް ތައާރަފްކޮށްފައިކަމަށެވެ. އަދި މީގެ އިތުރުން ފޯމު ފުރުމަށް ލިޔުމުގެ ބަދަލުގައި، ބޭނުންވާ ގޮޅީގައި ފާހަގަޖަހާ ގޮތަށް ވަނީ ބަދަލުކޮށްފައިވާކަމަށްވެސް ފެމެލީ ކޯޓުން ހާމަކުރެއެވެ.
ވަރިވުމަށް އެދި ހުށަހަޅާ ފޯމަށް ބަދަލު ގެނެސްފައވާއިރު މިއަދުން ފެށިގެން 'މެރިޖް ކާޑު' ހަދައިދިނުމަށްވެސް ފެމެލީ ކޯޓުން ވަނީ ފަށާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...