ރާއްޖޭގެ ޚަބަރު މިސްކިތް ފަންޑުން މާލޭ ސިޓީ ކައުންސިލަށް އެހީތެރިކަން ނުދޭކަމަށް ބުނާތީ ހިތާމަކުރަން: އިސްލާމިކް މިނިސްޓަރ

މިސްކިތް ފަންޑުން މާލޭ ސިޓީ ކައުންސިލަށް އެހީތެރިކަން ނުދޭކަމަށް ބުނާތީ ހިތާމަކުރަން: އިސްލާމިކް މިނިސްޓަރ

މިސްކިތް ފަންޑުން މާލޭ ސިޓީ ކައުންސިލަށް އެހީތެރިކަން ނުދޭކަމަށް ބުނާތީ ހިތާމަކުރަން: އިސްލާމިކް މިނިސްޓަރ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިސްކިތް ފަންޑުން މާލޭ ސިޓީ ކައުންސިލަށް އެހީތެރިކަން ނުދޭކަމަށް ބުނާތީ ހިތާމަކުރާކަމަށް އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީގައި ގާއިމު ކޮށްފައިވާ މިސްކިތު ފަންޑުން އެހީ ހޯދުމަށް މާލޭ ސިޓީ ކައުންސިލަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައިވާކަމަށް ކައުންސިލް މެމްބަރު އަފީފް ވިދާޅުވެފައިވާތީ އެވާހަކައަށް ރައްދު ދެއްވާ އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް ވިދާޅުވީ "މިސްކިތުގެ ކަންތަކުގައި މާލެ ސިޓީ ކައުންސިލްއަށް އިސްލާމިކް މިނިސްޓްރީއިން އެހީތެރިކަން ނުދޭކަމަށް ބުނެ އެ ކައުންސިލް މީޑިއާއަށް މައުލޫމާތު ދީފައިވާތީ ހިތާމަކުރާ"ކަމަށެވެ. އަދި މިނިސްޓަރ ވިދާޅުވީ "8 ލައްކަ ރުފިޔާ މާލޭ ސިޓީ ކައުންސިލްއަށް ދިންތާ މަހެއް ނުވާކަމަށާއި އެފައިސާ ދިނީ މިސްކިތްތަކުގެ މަރާމާތު ކޮއްފަ ބިލްތައް ދައްކަން"ކަމަށެވެ.

މިމައްސަލާގައި ސިޓީ ކައުންސިލްގެ މިސްކިތްތަކާއި ހަވާލުވެ ހުންނެވި ކައުންސިލަރު ހަސަން އަފީފު މީޑިއާގައި ވިދާޅުވެފައިވަނީ އިސްލާމިކް މިނިސްޓްރީގައި ގާއިމު ކޮށްފައިވާ މިސްކިތު ފަންޑުން އެހީ ހޯދުމަށް ކައުންސިލަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ. އަދި މިސްކިތްތަކުގެ ކަންކަމުގައި އިސްލާމިކް މިނިސްޓްރީން އެކަށީގެންވާ އެއްބާރުލުން ކައުންސިލަށް ނުދެއްވާ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.