އަދާލަތުޕާޓީއާއެކު ކޯލިޝަންހެދީ ރައީސް ވަހީދުގެ ގައުމީ އިއްތިހާދާއި ޑީއާރުޕީ އަދި ގައުމީ ޕާޓީންކަމަށް ޕީޕީއެމްގެ ތަރުޖަމާނު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޕީޕީއެމްގެ ތަރުޖަމާނު އަޙްމަދު މަޚްލޫފް ވިދާޅުވީ "ރައީސް ވަޙީދާއެކު ކޯލިޝަން ހަދަފައިވާ ޕާޓީތަކުގެ ތެރެއިން އަދާލަތު ފިޔަވައި ބުރަދަނެއްހުރި ޕާޓީއެއްނެތް"ކަމަށާއި "ހަގީގަތުގައި އަދާލަތުޕާޓީއާއެކު ކޯލިޝަންހެދީ ރައީސް ވަހީދުގެ ގައުމީ އިންތިހާދާއި ޑީއާރުޕީ އަދި ގައުމީ ޕާޓީން. އެއީ އެކޯލިޝަނުގައި ހިމެނޭ ބުރަދަނެއްހުރި ޕާޓީއަކީ އަދާލަތު ކަމަށްވާތީ" ކަމަށެވެ.
ރައީސް ވަހީދާއި އެކު ޕާޓީތަކުން ކޯލިޝަން ހަދަމުންދާ ދަނޑިވަޅެއްގައި އެކަމަށް އިޝާރާތްކުރައްވާ މަހުލޫފް ވިދާޅުވީ "ރައީސް ވަހީދާ އެކު ޕާޓީތަކުން ކޯލިޝަން ހެދި ނަމަވެސް އެ ޕާޓީން ކަންބޮޑުނުވާ"ކަމަށެވެ.
ސެޕްޓެމްބަރު ހަތެއްގައި އޮންނަ ރިޔާސީ އިންތިހާބަށް ރައީސް ވަހީދުގެ ގައުމީ އިއްތިހާދާ އެކު މިހާތަނަށް ކޯލިޝަން ހަދާފައި ވަނީ އަދާލަތު ޕާޓީގެ އިތުރުން ގައުމީ ޕާޓީ އާއި ޑީއާރުޕީ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...