ރާއްޖޭގެ ޚަބަރު ފަލާޙު ޕްރީސްކޫލްގެ ޤުރްއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

ފަލާޙު ޕްރީސްކޫލްގެ ޤުރްއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

ފަލާޙު ޕްރީސްކޫލްގެ ޤުރްއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޖަމްޢިއްޔަތުލް ފަލާޙްގެ ބާނީ އަލްމަރުޙޫމް ޢަބޫބަކުރު އިބްރާހިމްގެ ހަނދާނުގައި ބޭއްވި ކީރިތިޤުރްއާން ކިޔެވުމުގެ ތުއްތު ކުދިންގެ 13 ވަނަ މުބާރާތުގެ ނަތީޖާ ފާޅުކުރުން ބާއްވައިފިއެވެ.

ފަލާޙް ޕްރީސްކޫލްގެ ކީރިތިޤުރްއާން ކިޔެވުމުގެ މުބާރާތުން 1 ވަނަ އަށް އައި ސްކޫލަކީ ދޮންދޫނި ލިޓްލް ލާރނާރސް ޕްރީސްކޫލް އެވެ. 1 ވަނައަށް އައި ދަރިވަރަކީ ދޮންދޫނި ލިޓްލްލާރނާރސް ޕްރީސްކޫލްގެ ޙަމްޒާ ބިން ޢަލީ ރަމީޒް އެވެ. ބާރާތުގައި ކިޔެވި ދަރިވަރުންގެ ތެރެއިން 1 ވަނަ، 2 ވަނަ، 3 ވަނަ އަދި ސްކޫލް ތަކުން 1 ވަނަ، 2 ވަނަ، 3 ވަނައަށް ހޮވުނު ފަރާތްތަކަށް ހަނދާނީ ލިޔުމާއި އިނާމްދިނުން އޮތެވެ.

އިމާދުއްދީން ސްކޫލް ހޯލްގައި އިއްޔެ ހަވީރު ބޭއްވި މި މުބާރާތް ޝަރަފުވެރި ކޮށްދެއްވީ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް ގެ ޑީން އައްޝައިޚް އަލީ ޒާހިރު ބިން ސައީދު ޤާސިމް އެވެ.

އަލްމަރުޙޫމް ޢަބޫބަކުރު އިބްރާހިމްގެ ހަނދާނުގައި ކޮންމެ އަހަރަކުވެސް ބާއްވަމުންގެންދާ މި މުބާރާތަކީ މާލޭގެ ހުރިހާ ޕްރީސްކޫލްތަކަށް ހުޅުވާލެވިގެން ބާއްވާ މުބާރާތެކެވެ. މިފަހަރުގެ މުބާރާތުގައި ބައިވެރިކޮށްފައިވަނީ ކޮންމެ ސްކޫލަކުން 05 ދަރިވަރުންނެވެ. މިގޮތުން 14 ސްކޫލަކުން ޖުމްލަ 70 ދަރިވަރުން މި މުބާރާތުގައި ބައިވެރިވެފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.