ރާއްޖޭގެ ޚަބަރު ގިނަބައަކު ތިބީ ޕާޓީ ރޫހުގައި ވޯޓުލުމަށް ނޫން: އިލްހާމް

ގިނަބައަކު ތިބީ ޕާޓީ ރޫހުގައި ވޯޓުލުމަށް ނޫން: އިލްހާމް

ގިނަބައަކު ތިބީ ޕާޓީ ރޫހުގައި ވޯޓުލުމަށް ނޫން: އިލްހާމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ގިނަބައަކު ތިބީ ޕާޓީ ރޫހުގައި ވޯޓުލުމަށް ނޫންކަމަށާއި އިތުބާރު ކުރެވޭ ކެންޑިޑޭޓަކަށް ވޯޓުލުމަށް ކަމަށް ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ވިދާޅުވެއްޖެއެވެ.

ދާދިފަހުން ޕީޕިއެމްއިން ޖުމްހޫރީ ޕާޓީއަށް ބަދަލުވި އިލްހާމް އަހްމަދު ވިދާޅުވީ "ރައްޔިތުންގެ ވިސްނުން ހުރީ އެމީހުންނާއި އެންމެ ގާތް ގުޅުމެއް އޮތް އަދި އިތުބާރުކުރެވޭ ކެންޑިޑޭޓަކަށް ވޯޓުލުމަށް. ކޮންމެ ޕާޓީއެއްގައި ހުރެގެން ނަމަވެސް. ރައްޔިތުން ބޭނުންވަނީ ރައްޔިތުންނަށް ޚިދުމަތްކޮށްދީފައިވާ އަދި ޚިދުމަތްދޭނެކަމުގެ ޔަޤީންކަން އޮތް ލީޑަރަކަށް ވޯޓު ދިނުމަށް."ކަމަށެވެ. އިތުރަށް އިލްހާމް ވިދާޅުވީ "މިއަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުވިއަ ނުދިނުމަށް ކުރަންޖެހޭ ކޮންމެކަމެއް ކުރުމަކީ ކޮންމެ ދިވެހިރައްޔިތަކަށްވެސް ވާޖިބު ކަމެއް" ކަމަށެވެ.

ޕާޓީ ބަދަލު ކުރުމަށްފަހު ފެނިގެން ދިޔަ މަންޒަރުތަކާއި މެދު ހިތްހަމަޖެހުން ފާޅުކުރައްވާ އިލްހާމް ވިދާޅުވީ "އަޅުގަނޑު ހީކުރީ ޕާޓީ ބަދަލުކުރީމާ އަތޮޅުތަކުގައި ވަރަށް ބޮޑު މާޔޫސްކަމާއި ކުރިމަތިލަން އަޅުގަނޑަށް ޖެހޭނެކަމަށް. ނަމަވެސް އެހެންނެއް ނޫން މިކަން މިވީ. ރައްޔިތުން ވަނީ އަޅުގަނޑުގެ ނިންމުން ވަރަށް ފުރިހަމައަށް ބަލައިގެންފައިކަން އަޅުގަނޑަށް ފެނިގެން ދިޔަ"ކަމަށެވެ.

ޕީޕީއެމްގެ ޕްރައިމަރީގެ ނަތީޖާގެ މައްސަލާގައި އިލްހާމް އަހުމަދު ޖުމްހޫރީއަށް ބަދަލުވުމަށްފަހު އިލްހާމް ދަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް ވަރަށް ބޮޑަށް ތައުރީފް ކުރަމުންނެވެ.

 

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.