ރާއްޖޭގެ ޚަބަރު ދީނީ އެޖެންޑާތައް ފެތުރުމަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ރާއްޖޭގައި ބޭނުންކުރަމުންދޭ: ރިޕޯޓާސް ވިތައުޓް ބޯޑާސް

ދީނީ އެޖެންޑާތައް ފެތުރުމަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ރާއްޖޭގައި ބޭނުންކުރަމުންދޭ: ރިޕޯޓާސް ވިތައުޓް ބޯޑާސް

ދީނީ އެޖެންޑާތައް ފެތުރުމަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ރާއްޖޭގައި ބޭނުންކުރަމުންދޭ: ރިޕޯޓާސް ވިތައުޓް ބޯޑާސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

"ދީނީ އެޖެންޑާތައް ފެތުރުމަށް ނަހަމަގޮތުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ރާއްޖޭގައި ބޭނުންކުރަމުންދާ"ކަމަށް ރިޕޯޓާސް ވިތައުޓް ބޯޑާސްގެ ރިޕޯޓްއިން ހާމަކޮށްފިއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހު ނެރުނު ރިޕޯޓްގައި ބުނެފައިވަނީ "ދީނީ އެޖެންޑާތައް ފެތުރުމަށް ނަހަމަގޮތުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ރާއްޖޭގައި ބޭނުންކުރަމުންދާ"ކަމަށާއި "ދީނީ ހަރުކަށި ފަރާތްތަކުން މީޑީއާގެ ފަރާތްތަކާއި ބްލޮގަރުންނަށް ބިރުދައްކާ އަނިޔާކުރަމުންދާ"ކަމަށެވެ. އަދި "ހައްދުފަހަނައަޅާފައިވާ މުސްލިމުން ދަނީ ތަފާތު ޚިޔާލުތައް ފަތުރާ ބައެއް ވެބްސައިޓްތަކަށް ނުވަދެވޭ ގޮތް ހެދުމަށް ގޮވާލަމުން"ކަމަށްވެސް މިރިޕޯޓްގައިވެއެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސްގެ ރިޕޯޓްގައި ރާއްޖޭގެ ދީނީ ޖަމާޢަތްތަކާއި އެޖަމާޢަތްތަކުގެ ލީޑަރުން ލިސްޓްކޮށްފައިވާއިރު އެރިޕޯޓްގައިވަނީ "ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ޖަމާއަތްތަކުގެ ދައުރު ރައީސް ނަޝީދުގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމާއެކު ވަރަށް ފުޅާވެގެން ގޮސްފައިވާ"ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޕްރިޑޭޓާސް އޮފް ފްރީޑަމް އޮފް އިންފޮމޭޝަން ގެ އޭޝިޔާގެ ލިސްޓުގައި އަފްޢާނިސްތާން، ޗައިނާ، ނޯތް ކޮރެއާ، ސްރީލަންކާ، ޕާކިސްތާން އަދި ވިއެޓްނާރމް ހިމެނެއެވެ.

ރިޕޯޓް: ޕްރިޑޭޓާސް އޮފް ފްރީޑަމް އޮފް އިންފޮމޭޝަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.