”ބޮޑު ހިނގާލުން“ މިނަމުގައި ހުޅުމީދޫގެ އިއްތިހާދުން ޚައްސަ ހިނގާލުމެއް ބާއްވަން ހަމަޖެހިއްޖެއެވެ.
މި ހިނގާލުން އިންތިޒާމް ކޮށްފައި ވަނީ ހުޅުމީދޫގައި ހަރަކާތް ތެރިވާ އެމް ޑީ ޕީ ފިޔަވައި ހުރިހާ ސިޔާސީ ޕާޓީއެއް ގުގި އިއްތިހާދުވެގެންނެވެ.
ހުޅުމީދޫގެ މި އިއްތިހާދުން ބާއްވާ ބޮޑު ހިނގާލުން އޮތީ މި މަހު 3 ވަނަ ދުވަހުގެ ހަވީރު 4:00 ގައި ކަމަށާއި މި ހިނގާލުން ފެށުމަށް ހަމަޖެހިފައި ވަނީ މީދޫ ފޭލި ފިހާރަ ކުރިމަތިން ކަމަށް ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މި ހަރަކާތުގައި އިސްކޮށް ހަރަކާތް ތެރިވާ ބޭފުޅަކު ދިއިސްލާމަށް މައުލޫމާތު ދެމުން ވިދާޅުވީ މި ހިނގާލުމުގެ މަޤްސަދަކީ މުޙައްމަދު ނަޝީދު (އަންނި) ކުރަމުން ދާ އިސްލާމް ދީނާ ޚިލާފް ކަންތައް ރައްޔިތުންނަށް ސާފު ކޮށް އޭނަ ދީނަށް ޖަހަމުން ދާ ހަޖޫޖެހުން ތަކާ މެދު ނުރުހުން ފާޅު ކުރުމުގެ ހިނގާލުމެއް ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...