ކޮލަމިސްޓް ޝެއިޚް ނަޝީދުގެ ބަހުގެ ހަމަލާ އެމްޑީޕީ ނަޝީދަށް!

ޝެއިޚް ނަޝީދުގެ ބަހުގެ ހަމަލާ އެމްޑީޕީ ނަޝީދަށް!

ޝެއިޚް ނަޝީދުގެ ބަހުގެ ހަމަލާ އެމްޑީޕީ ނަޝީދަށް!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދިފަހުން ޑެންމާކްއަށް ކުރި ދަތުރުގައި ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން އެތައް ބަޔެއްގެ ނުރުހުމާއި ވަނީ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އެވާހަކަތަކާއި ދެކޮޅަށް މުޒާހަރާއާއި އެއްވުންތައް ބާއްވަމުން ދާއިރު ތަފާތު ބޭފުޅުންގެ ބަހުގެ ހަމަލާ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ނަޝީދަށް ވަނީ އަމާޒުވެފައެވެ.

އާޓިފިޝަލް ބީޗުގައި ”ދީނާއި ގައުމިއްޔަތުގެ ދިފާއުގައި“ މި ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ނަޝީދާއި ދެކޮޅަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް މުހައްމަދު ނަޝީދު އާދަމް ވެސް ވަނީ ވަރުގަދަ ބަހުގެ ހަމަލާއެއް ދީފައެވެ.

ޝެއިޚް މުހައްމަދު ނަޝީދު އާދަމްގެ ވާހަކާގައި "ލާދީނީ ޚިޔާލު ގެންގުޅޭ މީހުން އެމީހުން ނުރުހުނު ކަމުގައި ވިއަސް ވަނީ ލާދީނީ މީހުން ކަމަށާއި މިފަދަ މީހުން ޔޫރަޕަށް ގޮސް ޔޫރަޕްގެ ކަންތައްތަށް ކޮޕީކޮއްގެން ޔޫރަޕްގެ މީހުން ދީން ގެންގުޅޭގޮތަށް އަހަރުމެންގެ ތެރޭގައި ދީން ގެންގުޅެން ބޭނުންވިޔަސް ޙައްޤު ދީނާއި ބާތިލް ދީން އެއްވަރު ނުކުރެވޭނެ"ކަމަށްވަނީ ވިދާޅުވެފައެވެ. އަދި "އަޅުގަނޑުމެންގެ ތެރެއިން ބަޔަކު އަލްމާނީ ބައިގަޑުގެ ތެރެއެއަށް ނިކުތުމަށް މަގުފަހިވީ ﷲގެ އެއްކައުވަންތަކަމާއި ކީރިތި ރަސޫލާ الله عليه وسلم ސުންނަތުގެ މަތީގައި ތަރުބިއްޔަތު ކުރުމުގައި އިހުމާލެއް ވެފައިވާތީ" ކަމަށާއި "އެހެންކަމުން އަޅުގަނޑުމެންގެ އަމިއްލަ ނަފްސާއި އަޅުގަނޑުމެންގެ ދަރިން އިސްލާމް ދީނުގެ މަތީގައި ﷲގެ އެއްކައުވަންތަކަމާއި ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތާ އެއްގޮތަށް ތަރުބިއްޔަތު ކުރަން ޖެހޭ" ކަމަށް ވެސް ޝައިޚް ނަޝީދުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
އިސްލާމް ދީނުގެ އަސްލުތަކަށް ފާޑު ކިޔުމުގައި ދުނިޔޭގެ ފެންވަރުގައި މަޝްހޫރު ޑެންމާކްގައި ކުރީގެ ރައީސް ދައްކާފައިވާ ވާހަކަތަކަށް އިޝާރާތް ކުރައްވާ ޝެއިޚް ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ "އިސްލާމްދީނަށް ފުރައްސާރަ ކޮށްފައި ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތަށް ޖޯކުޖަހާފައިވާ މީހަކަށް ތާއީދުކޮށް އަޅުގަނޑުމެންގެ ސަޕޯޓާއި އަތްތިލަބަޑި ދީފިކަމުގައި ވާނަމަ އެކުރެވެނީ ފާފައެއް"ކަމުގައެވެ.

ޖޯޝުން ފުރިގެންވާ މިތަޤްރީރުގައި ޝެއިޚް މުހައްމަދު ނަޝީދު އާދަމް ވަނީ 'ލާދީނީ' ހަރަކާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދިފަހުން ޑެންމާކްއަށް ކުރިދަތުރުގެ ތެރޭގައި ދައްކާފައިވާ ވާހަކާގައި ދީނީ ގޮތުން ހައްދު ފަހަނަ އަޅާފައި ތިބި މީހުންނަށް ހުރިހާ ސުވާލެއްގެ ޖަވާބު އެނގޭ ކަމަށް ބުނެފައިވެއެވެ.
“މިހާރު ހައްދުފަހަނައަޅާފައިވާ މީހުން މިކުރާކަމަކީ، އެމީހުންނަށް އޮވޭ ކޮންމެކަމަކަށް ޖަވާބެއް. ރޭގަނޑު ދަންވަރު ކަލޭ އަށް އެބަގުޅޭ ޝައިޚަށް ނުނިދިގެންނޭ ކިޔާފަ. ދެން ޝައިޚް ކަލެއަށް ކިޔައިދޭނެ ޙަދީޘެއް އަދި ނަބިއްޔާ ކަންތަށް ކުރިގޮތާއި މެދު ވަޙީއެއް އަދި ރޭގަނޑު ދަންވަރު ނިދުމާއި ބެހޭގޮތުން ކަލާނގެ ބާވައިލެއްވިގޮތް. އަޅުގަނޑުމެންގެ ނެތް ހެލްޕް ލައިނެއް. އަޅުގަނޑުމެންގެ ނެތް އޭގެ ބަދަލު ވާހަކަގަނޑެއް. އަޅުގަނޑު ދެކޭގޮތުގައި އޭގެ ބަދަލުގައި ދެކެވޭނެ ވާހަކަގަނޑެއް ހެދުން މުހިއްމު، އިސްލާމްގެ ލިބެރަލް ވަރޝަން އެއް ނުވަތަ އިސްލާމްގެ އަސްލު ވަރޝަންއެއް،” ކުރީގެ ރައީސް ނަޝީދު ބުނެފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.