ރާއްޖޭގެ ޚަބަރު ދީނީ އިލްމްވެރިންގެ މަސައްކަތްތައް ފުޅާކުރުމަށް ގޮވާލަން: ޑރ ޝަހީމް

ދީނީ އިލްމްވެރިންގެ މަސައްކަތްތައް ފުޅާކުރުމަށް ގޮވާލަން: ޑރ ޝަހީމް

ދީނީ އިލްމްވެރިންގެ މަސައްކަތްތައް ފުޅާކުރުމަށް ގޮވާލަން: ޑރ ޝަހީމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދީނީ އިލްމްވެރިންގެ މަސައްކަތްތައް ފުޅާކުރުމަށް އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސަޢީދު ގޮވާލައިފިއެވެ.

އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް މިއަދު ވިދާޅުވީ ސިޔާސީ ކަންތައްތަކަކީ ހިގައިދާނެ ކަންކަން ކަމަށާއި މަގާމްތަކަކީ ހިގައިދާނެ ކަމެއް ނަމަވެސް އިސްލާމީ ދަޢުވަތާއި އޭގެ އަސަރަކީ ފިލައިދާނެ އެއްޗެއް ނޫންކަމަށެވެ. "އިސްލާމީ އަޤީދާ އިތުރަށް ބަޔާންކޮށްދިނުމުގައި މަސައްކަތް ކުރުމަށް ގޮވާލަން. އިލްމުވެރިންގެ ޒިންމާ ވަރަށް ބޮޑު. ހުރިހަާ ބޭފުޅުން ގުޅިގެން މަސައްކަތްކުރުން މުހިއްމު. ރާއްޖެއަށްވަނީ ނުރައްކާތަށް ކުރިމަތިވެފައި. ސިޔާސީ ކަންތައްތަކަކީ ހިގައިދާނެ ކަންކަން، މަގާމްތަކަކީ ހިގައިދާނެ ކަމެއް، ނަމަވެސް އިސްލާމީ ދަޢުވަތާއި އޭގެ އަސަރަކީ ފިލައިދާނެ އެއްޗެއް ނޫން."ކަމަށެވެ ޑރ ޝަހީމް އިތުރަށް ވިދާޅުވީ "އިސްލާމީ ޝަރީޢަތާއިމެދު މީހުން ހޭލުންތެރިކުރުން ވަރަށް މުހިއްމު. އެންމެހައި ޒުވާނުން ގުޅިގެން މަސައްކަތް ކުރުމަށް ނަސޭހަތްތެރިވަން، އިލްތިމާސްކުރަން. އޯގާތެރިކަމާއިއެކީ އިސްލާމްދީނަށް ގޮވައިލައިގެން ނޫނީ ރާއްޖެ ސަލާމަތް ނުކުރެވޭނެ. ދީން އޮޅުންފިލުވަދޭން އެބަޖެހޭ. އެންމެހައި އިލްމްވެރިން ގުޅިގެން މަސައްކަތްކޮށް އިންޝާ ﷲ މި ގޮންޖެހުންތަކުން އަރައިގަނެވޭނެ"ކަމަށެވެ.

އިސްލާމިކް މިނިސްޓަރ މިފަދައިން ގޮވާލާފައިވަނީ ރާއްޖޭގައި އިސްލާމް ދީނުގައިވާ ގޮތްތައް ނޫން އެހެން ގޮތްތައް އޮޅުން ފިލުވައިދޭންޖެހޭ ކަމަށް ބައެއް ފަރާތްތަކުން ގޮވާލަމުން ދަނިކޮށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.