ރާއްޖޭގެ ޚަބަރު ކޮންމެ އަހަރަކު 25 މީހަކަށް ޙައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ވިލާ ފައުންޑޭޝަނުން ދޭން ނިންމައިފި

ކޮންމެ އަހަރަކު 25 މީހަކަށް ޙައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ވިލާ ފައުންޑޭޝަނުން ދޭން ނިންމައިފި

ކޮންމެ އަހަރަކު 25 މީހަކަށް ޙައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ވިލާ ފައުންޑޭޝަނުން ދޭން ނިންމައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ ރަށްރަށުގެ ތަރައްގީ އަށް އަމާޒުކޮށް "ގާސިމް އިބްރާހިމް - ރަށްވެހި ތަރައްގީ އެވޯޑް" ގެ ނަމުގައި ޖުމުލަ 5.5 މިލިއަން ރުފިޔާގެ އަގުހުރި އެވޯޑަކާއި ޙައްޖުގެ އަޅުކަން އަދާ ކުރުމުގެ ކުޅަދާނަކަން ލިބިފައި ނުވާ 25 މީހަކަށް ކޮންމެ އަހަރަކު އެ ފުރުސަތު ވިލާ ފައުންޑޭޝަނުން ދޭން ނިންމާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގާސިމް ވިދާޅުވީ ރާއްޖޭގެ ރަށްތަކުގެ ތަރައްޤީއަށް އަމާޒުކޮށް ކޮންމެ އަހަރަކު ޚާއްޞަ އެވޯޑެއް ދޭން ނިންމަވާފައިވާ ކަމަށާއި އެމަނިކުފާނު ދުނިޔޭގައި ހުންނެވިހާ ދުވަހަކު އެ އެވޯޑް ދެއްވާނެ ކަމަށެވެ.

މި އެވޯޑް ލިބޭނީ ކޮންމެ އަހަރެއްގެ ތެރޭގައި ވެސް ރަށުގެ ތަރައްޤީ އަށް އެންމެ މަސައްކަތް ކުރާ ރަށަކަށެޥެ. އެވޯޑާ އެކު 2،000،000ރ. ( ދެ މިލިއަން ރުފިޔާގެ ) ގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް، ޤާސިމް ވިދާޅުވިއެވެ. މީގެ އިތުރުން ދެވަނަ އަށް އަންނަ ރަށަކަށް 1،000،000ރ. ( އެއް މިލިއަން ރުފިޔާ،) އަދި ތިން ވަނަ އަށް އަންނަ ރަށަކަށް 500،000ރ. ( ފަސް ލައްކަ ރުފިޔާ) އާއި އެވޯޑް ދޭން ނިންމާފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

މީގެ އިތުރުން ގާސިމް އިބްރާހިމް ވިދާޅުވީ ޙައްޖުގެ އަޅުކަން އަދާ ކުރުމުގެ ކުޅަދާނަކަން ލިބިފައި ނުވާ 25 މީހަކަށް ކޮންމެ އަހަރަކު ވެސް އެ ފުރުސަތު ވިލާ ފައުންޑޭޝަނުން ދޭން ނިންމާފައިވާ ކަމަށެވެ.

ޤާސިމް މިއެވޯޑް އިއުލާން ކުރެއްވީ ކޮންމެ ހުކުރު ދުވަހަކު ވީޓީވީން ގެންސްދޭ "އަމީންގެ މަލާފަތް" ޕްރޮގްރާމްގެ 100 ވަނަ ޕްރޮގްރާމްގެ ތެރޭގައި އިއްޔެ ވާހާކަފުޅު ދައްކަވަމުންނެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު މުޅި ރާއްޖެއަށް ވަނީ ހުޅުވާލެވިފައި އެވެ. މި އެވޯދުގެ ކަންކަން ކުރިއަށް ދާނެގޮތް ކުރިއަށް އޮތް ފަނަރަ ވަރަކަށް ދުވަސްތެރޭ ވިލާފައުންޑޭޝަނުން އިޢުލާނު ކުރާނެކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.