ރާއްޖޭގެ ޚަބަރު 2013 ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރއަށް ކުދިން ރެޖިސްޓްރީ ކުރުމުގެ މަސައްކަތް ވިލާ ކޮލެޖްއިން ފަށައިފި

2013 ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރއަށް ކުދިން ރެޖިސްޓްރީ ކުރުމުގެ މަސައްކަތް ވިލާ ކޮލެޖްއިން ފަށައިފި

2013 ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރއަށް ކުދިން ރެޖިސްޓްރީ ކުރުމުގެ މަސައްކަތް ވިލާ ކޮލެޖްއިން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

2013 ވަނަ އަހަރުގެ މެއިމަހުގެ ސެމެސްޓަރއަށް އެކި ކޯސްތަކުގައި ދަރިވަރުން ރެޖިސްޓަރ ކުރުމުގެ މަސައްކަތް ވިލާ ކޮލެޖްއިން ފަށައިފިއެވެ.

ވިލާ ކޮލެޖްގެ ކިޔު.އައި ކެމްޕަސްގައި 27 އެޕްރީލް 2013 އިން 30 އެޕްރީލް 2013 ގެ ނިޔަލަށް ރެޖިސްޓްރޭޝަންގެ ކަންކަން ކުރިއަށް ގެންދާނެކަމަށް ވިލާ ކޮލެޖުން މަޢުލޫމާތު ދެއްވައެވެ. އަދި ވިލާ ކޮލެޖްގެ ފުވައްމުލަކު ކެމްޕަސްގައި 29 އެޕްރީލް 2013 ން 2 މެއި 2013 އަށް އަދި ވިލާ ކޮލެޖްގެ އޭދަފުށި ، ފުނަދޫ އަދި ނައިފަރު ކެމްޕަހުގައި ކުދިން ރެޖިސްޓަރ ކުރުމުގެ ކަންކަން ކުރިއަށްދާނީ 2 މެއި 2013 ގައެވެ.

ވިލާ ކޮލެޖުން މަޢުލޫމާތު ދެއްވިގޮތުގައި މިހާރުވެސް 2500 ށް ވުރެ ގިނަ ދަރިވަރުން އެކޮލެޖްގައި ރެޖިސްޓރީވެ މަތީތަޢުލީމު ހާޞިލްކުރަމުން ގެންދެއެވެ. އަދި ރަށްރަށުގައި ހުރި ކެމްޕަސްތައް ހިމަނައިގެން 725 އަށްވުރެ ގިނަކުދިން މި ސެމެސްޓަރގައި ވިލާ ކޮލެޖާއި އަލަށް ގުޅޭނެއެވެ.

މިއަހަރުގެ ދެވަނަ ސެމެސްޓަރގައި ވިލާ ކޮލެޖްގައި ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ މެއިމަހުގެ 5 ވަނަ ދުވަހުގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.